ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރަޖިސްޓްރީ ފުރިހަމަ ނުވާ އުޅަނދުގައި މަސްވެރިކަން ކުރުމަށް ނުކުތުމުގެ ވަގުތީ ހުއްދައަށް އެދި ފޯމް ހުށައެޅުމާއި ގުޅޭ

ކޮވިޑް-19 ރޯގާއާ ގުޅިގެން އިޢުލާން ކުރެވިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޓްރާންސްޕޯރޓް އޮތޯރިޓީގެ އެންގެވުމާއި އެއްގޮތަށް ރަޖިސްޓްރީ ނުކުރާ އުޅަނދުތަކުން މަސްވެރިކަން ކުރުމަށް ވަގުތީ ހުއްދަ ހޯދުމަށް ހުށައަޅުއްވަން ޖެހޭ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމާއި އޮޑި ނަންބަރު ފޯރމް މިއަދުން ފެށިގެން މި އިދާރައަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:45އިން މެންދުރު 12:00 އަށް ކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ވަގުތީ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތަށް ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށްފަހު މި އިދާރާއިން އުޅަނދުގެ ސަލާމަތީ ކަންކަން ބެލުމަށްފަހުގައި ކަންވެސް ދަންނަވަމެވެ.  މަސްވެރިކަން ކުރުމަށް ވަގުތީ ހުއްދަ ދޫކުރެވޭ އުޅަނދުތަކުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ޓްރާންސްޕޯޓް އޮތޯރިޓީގެ އެންގެވުމާއި އެއްގޮތަށް އުޅަނދު ރަޖިސްޓްރީ ކުރުން ފުރިހަމަ ކުރުމަށް ދަންނަވަމެވެ.

16 މޭ 2020
ހޯދާ