ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ކޮވިޑް-19 އާއިގުޅިގެން ލުއިދިނުމާއިގުޅޭ:

  1. މިއިދާރާއިން ދޫކޮށްފައިވާ ތިރީގައި މިދަންނަވާ ލޯންތަކުގެ ފައިސާ، 2020 ފެބްރުވަރީ މަހުގެ ނިޔަލަށް ޤަވާއިދުން ދައްކާފައިވާ ހުރިހާ ފަރާތްތަކަކަށް 2020 މާރިޗް މަހުންފެށިގެން 2020 އޮގަސްޓްމަހުގެ ނިޔަލަށް ލޯނުގެ ފައިސާ ދެއްކުންވަނީ ފަސްކޮށްދެވިފައެވެ. މި މުއްދަތުގައި އިންޓަރެސްޓް އަދި ޖޫރިމަނާގެ ގޮތުގައި އެއްވެސް އަދަދެއް އިތުރުނުވާނެއެވެ.
  • ޓްރަސްޓްފަންޑް ލޯން
  • ސްޓޫޑަންޓް ލޯން
  • އަތޮޅު ކޮމިޓީ ލޯން

 

  1. 2020 ފެބްރުއަރީ މަހުންފެށިގެން 2020 މޭ މަހުގެ ނިޔަލަށް އަތޮޅުކައުންސިލަށް ދައްކަންޖެހޭ ޖޫރުމަނާ ފައިސާ ވަނީ މަޢާފްކޮށްދެވިފައެވެ.

 

  1. އަތޮޅު ކައުންސިލުން ކުއްޔަށް ދޫކޮށްފައިހުރި ބިންތަކުގެ ކުލި ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް 2020 އޭޕްރީލް މަހުންފެށިގެން 03 މަސްދުވަހަށް މަޢާފްކޮށްދިނުމަށްވަނީ ނިންމާފައެވެ. 03 މަސްދުވަހުގެ ކުލި މަޢާފްކޮށްދެވޭނީ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން އެފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ މިންވަރު ބަޔާންކޮށް ކުލި މަޢާފްކޮށްދިނުމަށްއެދި [email protected] ސިޓީއަކުން އެދުމުންކަމުގައި ދަންނަވަމެވެ.

 

  1. ކަނޑައެޅިފައިވާ މުއްދަތުތަކުގެ ފަހުން މިއިދާރާއަށް ދައްކަންޖެހޭ ފައިސާ ތިރީގައި މިދަންނަވާ އެކައުންޓަށް ޖަމާ/ޓްރާންފަރ ކުރުމަށްފަހު 7950713 ނަންބަރަށް ސްލިޕްކޮޅު ވައިބަރކުރެއްވުން އެދެމެވެ.

 

އެކައުންޓް ނަންބަރު: 7707700363001

އެކައުންޓް ނަން: 1445 REVENUE 1

 

  • މޮބައިލް ބޭންކިންގ މެދުވެރިކޮށް ޓްރާންސްފަރ ކުރާނަމަ ރިމާކްސްބައިގައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ހިމެނުމަށް ހަނދުފުޅުކޮށް އަރުވަމަމެވެ. އޭޓީއެމް މެދުވެރިކޮށް ޖަމާކުރާނަމަ ސްލިޕްކޮޅު ވައިބަރ ކުރެއްވުމަށްފަހު މިމަޢުލޫމާތުތައް ލިޔެދެއްވުން އެދެމެވެ.
  • ފައިސާ ދައްކާ ފަރާތުގެނަމާއި އެޑްރެސް
  • ކޮން ޚިދުމަތަކާއި ގުޅޭ ފައިސާއެއްކަން

 

ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާނުކުރީމެވެ.

10 މޭ 2020
ހޯދާ