ދިވެހިރާއްޖެ
އިޢުލާން
ލޮކްޑައުން ޙާލަތުގައި ވިޔަފާރިކުރުމުގެ ހުއްދަ ނަގާފައިވާ ފިހާރަތަކާބެހޭ
ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައެއްގެ ދަށުން ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފިހާރަތަކުން ތިރީގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަކޮށްފައިނުވާނަމަ، އެތަނަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ބާތިލުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
(ހ) ފިހާރައިގެ ކުޑަ ބޮޑު މިނަށް ބަލައި، އެންމެ ގިނަވެގެން ވަދެވޭނެ ކަސްޓަމަރުންގެ ޢަދަދު ބޭރަށް ފެންނާނެހެން ބެހެއްޓުން؛ |
(ށ) ފިހާރައިގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި، ނޭފަތާއި އަނގަމަތި ފޮރުވޭ ގޮތަށް، މާސްކު އަޅައި، ދެ އަތް ތިލައަށް އަންގިލައްވައިގެން ހުރުން؛ |
(ނ) ފިހާރައިގެ އެތެރޭގައި، އެ ފިހާރައެއްގައި މަސައްކަތްކުރުމުގެ ހުއްދަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ފަރާތްތައް ފިޔަވައި، އިތުރު މީހުން ނުބޭތިއްބުން؛ އަދި |
(ރ) މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުއްދަ ދީފައިވާ ފިހާރައެއްނަމަ، އެ ފިހާރައަކުން ޚިދުމަތް ދިނުމަށް ހުޅުވިފައި ހުންނަ ގަޑިތަކުގައި، ގަވާއިދުން ހުޅުވުން. |
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެން ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން ޢަމަލުކުރެއްވުމަށް އިލްތިމާސްކޮށް، ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.