މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ބޯޓު " އުފުލި 3 " ރަޖިސްޓްރީ ނަންބަރު:G4107A-03 10-T ނީލަމުގައި ވިއްކާލުމާ ބެހޭ

އުޅަނދުގެ ތަފްޞީލް:

ބާވަތް:

ބޯޓު

ނަން:     

އުފުލި 3

ރަޖިސްޓްރީ ނަންބަރު:

G4107A-03 10-T

މުދަލުގެ ތަފްޞީލް:

ދިގުމިން: 26.000 މީޓަރު، ފުޅާމިން: 8.000 މީޓަރު، ފުންމިން: 2.010 މީޓަރު، ގްރޮސްޓަނޭޖް: 200,000 .މި ބޯޓަކީ ސްޓީލް (ދަނގަޑު) އިން ބަނދެފައި އޮތް ބޯޓެކެވެ. މި ބޯޓު ރަޖިސްޓްރީ ކޮށްފައިވަނީ 08 ފެބުރުވަރީ 1996 ގައެވެ.

ނީލަމުގެ ތަފުޞީލު:

ނީލަން ފެށޭ އަގަކީ  30,000/- (ތިރީސް ހާސް ދިވެހި ރުފިޔާ)

ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 5,000/- (ފަސް ހާސް ދިވެހި ރުފިޔާ)

ސިޓީން އަގުހުށަހާޅާ ފޯމް ހުށަހަޅަންޖެހޭ ތާޜީޚް:17 މެއި 2020 ގެ 11:00 އަށް

ސިޓީން އަގުހުށައަޅާ ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅާ އަގު ތަކުގެ ތެރެއިން އެންމެ މަތީ އަގު މި މިނިސްޓްރީގެ ވެބްސައިޓުގައި 17 މެއި ގެ މެންދުރު 02:00 ގެ ކުރިން ޝާއިރުކުރެވޭނެއެވެ.

ސިޓީން އަގު ހުށަހަޅާ ނީލަމެއްގައި ޖެހިޖެހިގެން 48 (ސާޅިސް އަށެއް) ގަޑިއިރު ވަންދެން އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތައް ނީލަން ކާމިޔާބުވީކަމަށް ނިންމޭނެއެވެ

އަގު ހުށަހެޅުން:

އަގު ހުށަހެޅުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މެއިލްކުރައްވާއިރު ސަބްޖެކްޓް ގައި "Auction of Ufuli-3" ލިޔެފައި އޮންނަން ވާނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

އަމިއްލަ ފަރުދެއްނަމަ

  • ސިޓީން އަގުހުށައަޅާ ފޯމް ( އިއުލާއެކު އެޓޭޗްކުރެވިފައި އަދި މިނިސްޓްރީގެ ވެބް ސައިޓް އިން ލިބިވަޑައިގަންނަވާނެ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓް ގެ ކޮޕީ) / ގުޅޭނެ ފޯނު ނަންބަރާއެކު ސާފުކޮށް

ކުންފުންޏަކުންނަމަ

  • ސިޓީން އަގުހުށައަޅާ ފޯމް ( އިއުލާއެކު އެޓޭޗްކުރެވިފައި އަދި މިނިސްޓްރީގެ ވެބް ސައިޓް އިން ލިބިވަޑައިގަންނަވާނެ)
  • ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

ނޯޓް: ބޯޓު "އުފުލި -3" އޮތީ ކ. ތިލަފުށީގެ ކުނިގޮޑު ސަރަހައްދުގައެވެ.  މި ބޯޓު ބަލަން ބޭނުންވެއްޖަނަމަ، ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު އަމިއްލަ ޚަރަދުގައި ތިލަފުށްޓަށް ވަޑައިގެން ބޯޓު ބެލުމުގެ ފުރުސަތު އޮންނާނެއެވެ

10 މޭ 2020
ހޯދާ