މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ މޮނީޓަރިންގ ޙާލަތައް ގެނެސްފައިވާތީ ތުލުސްދޫގައި ކުއްލި ޙާލަތުގައި އަމަލު ކުރަންވީ ގޮތުގެ އުޞޫލު

ޢިއުލާން

 

ތުލުސްދޫ މޮނީޓަރިންގ ޙާލަތައް ގެނެސްފައިވާތީ ތުލުސްދޫގައި ކުއްލި ޙާލަތުގައި އަމަލު ކުރަންވީ ގޮތުގެ އުޞޫލު

 

  • ރަށަށް އަރާފޭބުން އެއްކޮށް މަނާކުރުން. އެހެންނަމަވެސް އެޗް.ޕީ.އޭ އަދި ކައުންސިލާއި ޓާސްކްފޯހުގެ ހުއްދަ ލިބިގެން ރަށައް އަރާފައިބާ ފަރާތްތައް މީގެން އިސްތިސްނާ ކުރެވޭނެ.
  • ގެއިން ބޭރަށް ނިކުމެއުޅުމުގައި ޟަރޫރީ ޙާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުން.
  • ޟަރޫރީ ބޭނުމަށް ގެއިން ނުކުތުމަށް ޓާސްކްފޯހުގެ ފަރާތުން ދޫކުރެވިފައިވާ ފާސް ބޭނުންކުރުން.
  • ކަރަންޓީން ކުރެވިފައިވާ ގެތަކުން ކުނި އުކާލުމާއި ޟަރޫރީ އެހެނިހެން ބޭނުންތަކަށް ޓާސްކްފޯހުގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުން.
  • ކާބޯތަކެތި ހަދާ ވިއްކުމުގެ ހުއްދަދެވިފައިވާ އެއްވެސް ތަނަކުން ޓޭކްއަވޭގެ ޚިދުމަތް ފިޔަވާ އެހެން އެއްވެސް ޚިދުމަތެއް ނުދިނުން.
  • އުމުރާނީ މަސައްކަތް ކުރާ ފަރާތްތަކަށް ކައުންސިލާއި ޓާސްކްފޯސްއިން ދޫކުރާ ހުއްދައިގެ ދަށުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުން.
  • ފަޅުތެރޭ މަސްވެރިކަމާއި ފަރުމަސްވެރިކަމަށް އެކަމަށް އެދި ކައުންސިލާއި ޓާސްކްފޯސްއަށް ހުށައަޅާ ދޭ ޙާއްސަ ހުއްދައިގެ ދަށުން މަސްވެރިކަން ކުރިއަށް ގެންދިއުން.
  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނިކުމެ އުޅޭއިރު ހުރިހާ ފަރާތްތަކުންވެސް މާސްކު ބޭނުން ކުރުން.
  • އިޖުތިމާޢީ ގައިދުރުކަން ކަށަވަރު ވާގޮތަށް، ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، އެއްފަހަރާ 3 ފަރާތަށްވުރެ ގިނަ ނުވާ ގޮތަށް ފިހާރަތަކުން ހިދުމަތް  ދިނުން. އެޗް.ޕީ.އޭ ގެ ލަފަޔާ އެއްގޮތަށް ފިހާރަތަކުން ދުވަހުން ދުވަހަށް ޑިސްއިންފެކްޓް ކުރަމުން ގެންދިއުން.
  • އެޗް.ޕީ.އޭ އަދި ޞީއްޙީއެހީތެރިން އަންގާ އެންގުންތައް، ހުރިހާ ފަރާތްތަކަކުންވެސް ފުރިހަމައަށް ތަންފީޒު ކޮށްދެއްވުމަށް ދަންނަވަމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

17 ރަމަޟާން 1441

10 މެއި 2020

 

10 މޭ 2020
ހޯދާ