ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑު-19އާއި ގުޅިގެން ކުނަހަންދޫ ޓާސްކުފޯސް އިން ކަޑައަޅާ އުޞޫލުތައް

c

 

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ

ކުނަހަންދޫ ،ދިވެހިރާއްޖެ

 

405-CTF/2020/01

ކޮވިޑް-19 އާއި ގުޅިގެން ކުނަހަންދޫ ޓާސްކު ފޯސްގެ ފަރާތުން ކަޑައަޅާ އުޞޫލުތައް

 

ތައާރަފް :

 

 މިއީ ލ.ކުނަހަންދޫ ކޮވިޑް -19 ޓާސްކު ފޯސް އަދި ސޯސަލް ސަޕޯޓް ޑެސްކުގެ ފަރާތުން ކޮވިޑު-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންކަމުގެ އުޞޫލެވެ.

 

މަޤުސަދު:

 

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާތީ، ރަށުގައި އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކްފޯރސް އާއި ސޯޝަލް ސަޕޯޓް ޑެސްކުގެ އިރުޝާދުގެ މަތިން ފިޔަވަޅު އަޅައި އެޗް ޕީ އޭގެ އެންގުމަށް ތަބާވެ ކުނަހަންދޫގައި ބަލިފެތުރުން ހުއްޓުވައި ދުޅަހެޔޮ ވެއްޓެއް ޤާއިމުކުރުމެވެ.

1         ރަށުށް ބޭރުގައި ތިބި މީހުން ރަށަށް ގެނައުމާއި ގުޅޭ

1.1      އެޗްޕީއޭ އިން އަންގާ ގޮތެއްގެ މަތިން ނޫން ގޮތަކަށް ރަށަށް ނުގެނައުން  

1.2      ރަށުންބޭރުން އަންނަ މީހުން ޙާއްޞަކޮއް (މާލެ) އިން ރަށަށް އަންނަ މީހުން ވަކިތަނެއްގައި ބެހެއްޓުން

1.3      ގޭގޭގައި މީހުން ތިބޭ ކަމުގައި ވާނަމަ ވަކިން ރޫމެއްގައި ބެހެއްޓުން އަދި އެގޭ އެހެންމީހުން 14ދުވަސް ވަންދެން  ބޭރަށް ނިކުމެ ނޫޅުން

1.4      ރިސޯޓްތަކުން އަންނަ ފަރާތްތަކާއިމެދު އަމަލު ކުރެވޭނީ އެޗް.ޕީ.އޭގެ ގައިޑު ލައިނާއި އެއްގޮތަށެވެ.

2         ޓާސްކު ފޯސްގެ ހަރަކާތްތަށް ކުރިއަށް ގެންދާނެ ގޮތް  

2.1      ރަށުން ބޭރުން ރަށަން ގެނެވޭ ހުރިހާ މުދަލެއް އުޅަނދަން މުދާ އެރުވި ބަނދަރުން އުޅަނދު ފުރިތާ 24 ގަޑި އިރު ހަމަވުމުގެ ކުރިން ރަށަން މުދާ ނުބާލައި އުޅަނދުގައި ބެހެއްޓުން، ނުވަތަ ހުރިހާ މުދަލެއް ސަޕޯޓު ޑެސްކުން ކަނޑައަޅާ ނުވަތަ އަންގާ ތަރުތީބުން ބަނދަރުގައި ބެހެއްޓުމަށްފަހު އެމުދަލުން ވައިރަސްގެ އަސަރު ކަނޑުވާ ލުމަށްޓަކައި HPA އިން ކަނޑައަޅާފައިވާ މިންގަޑަށް ފެނުގެ ތެރެއަށް ބްލީޗް އެޅުމަށްފަހު ހުރިހާ މުދަލަކަށް ސްޕްރޭ ކުރެވޭނެއެވެ.

2.2      ޓާސްކުފޯސް އިން ފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ޑެލިވަރީ، އޯޑަރ ތަރުތީބުން، ފިހާރަތަކުން ނަގައިގެން ގޭގެއަށް ގެންގޮސްދިނުން.

2.3      ފިހާރަތަކުން އޮންލައިންކޮށް ފައިސާ ދައްކައިގެން ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން 

2.4      ބަނދަރުމަތި 24 ގަޑިއިރު ޑިއުޓީ ކުރުން (ވަދެ ނިކުމެ ހަދާ އުޅަނދުފަހަރުތައް ޗެކުކުރުމަށް)

 

3         ކަރަންޓީނުގައި ތިބޭ މީހުނާއި ދޭތެރޭ އަމާލުކުރާނެ ގޮތް

3.1      ކަރަންޓީނު ކުރެވޭ މީހުންގެ ދަފްތަރެއް އެކުލަވާލުން  

1.1      ކަރަންޓީނުގައި މީހުންތިބޭ ގޭގެ އާންމުންނަށް އެނގޭނެގޮތަށް ގޭގެ ބޭރުގައި ލިޔުން ހަރުކުރުން.

3.2       ކަރަންޓީނު ކޮއްފައިވާ ގޭގެއަށް އެހެން މީހުން ވެދެނޫޅުން

3.3       ކަރަންޓީނު ކޮއްފައިވާ ގޭގެ އިން ބޭރަށް ނިކުމެ އުޅޭ މީހުނާއި މެދު އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް އަމަލުކުރުން

3.4       ކަރަންޓީނުގައި ތިބޭމީހުންނަށް ކާބޯތަކެތި ފޯރުކޮއްދިނުމުގައި ޓާސްކުފޯސްގެ އެހީތެރިކަން ދިނުން

 

4         އާންމު ދިރިއުޅުމުގެ ހާލަތަށް ބަދަލު ގެނައުން

4.1      ޟަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި ނޫޅުން.

4.2      ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.

4.1      މަސްދޯނި ފަހަރު ފިޔަވައި ރަށުގެ ބަނދަރުގައި ރަށުން ބޭނުން އަންނަ އުޅަނދުފަހަރު ތަކެތި ބޭލުމާއި ތަކެތި އެރުވުމަށް ނޫންގޮތަކަށް ބަދަރުގައި ނުބޭއްވުން.

4.2      ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭ ގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުން. ވަކިން ޚާއްޞަކޮށް، ޕާޓީތަކާއި، ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރު ދިއުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުމާއި، އިޖްތިމާޢީ އެނޫން ޙަރަކާތްތައް ބޭއްވުންވެސް ހުއްޓާލުން.

4.3      ބަލިން ރައްކާތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލު ކުރުމާއި، ޟަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން

4.4      ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި، ރިޒޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެންގުން.

4.5      މީހުން އެއްވެ އުޅުމާއި، ގްރޫޕް ހަދައިގެން ރަށުގެ މަގުމަތީގައި ނޫޅުން.

4.6      އިޖްތިމާޢީ އެކިއެކި ޙަރަކާތް ހިންގާ ތަންތަނާއި، ކުޅިވަރު ކުޅެން ހެދިފައިވާ އެކިއެކި ބިންތަކުގައި އެއްވެސް ކުޅިވަރުގެ ޙަރަކާތެއް ނުހިންގުން.

4.7      ރަށުގެ ބަނދަރުތަކާއި އާންމު ބިންތަކާއި އިޖްތިމާޢީ ސަރަޙައްދުތަކުގައި ހަދާފައިވާ ހުރި ފިނި އަށިތަކާއި، ޖޯލިފަތި ތަކުގައި ނުތިބުން

 

              ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރ 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްވަނީ އިޢުލާން ކޮށްފައެވެ. މިހާލަތުވަނީ ދިގުދެމިގެން ގޮސްފައެވެ.

              އެހެންކަމުން ކުނަހަންދޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، މިކައުންސިލުން އަޅަންބޭނުންވާ ކަންކަން މިވަނީ ކުނަހަންދޫ ކޮވިޑް-19 ޓާސްކުފޯސް އާއި ކުނަހަންދޫ ކައުންސިލް އިން ނިންމާފައެވެ.

             ވީމާ، އިސްވެ ބުނެވި ދިޔަ އުޞޫލު ތަކާއި އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލުކުރުމަށް ދަންނަވަމެވެ. މި އުޞޫލު ތަކާއި ޙިލާފުވާ ފަރާތްތަކާއި މެދު އެޗް.ޕީއޭ އިން އަންގާ ގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ. އަދި މި އުޞޫލަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓްގައި މި އުޞޫލު ޝާއިރުކުރާ ވަގުތުން ފެށިގެންނެވެ.

ޝުކުރިއްޔާ

03އޭޕްރީލް 2020

03 މޭ 2020
ހޯދާ