ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރުޒަކާތް ބަލައިގަތުން

 

 

               ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޯވިޑް 19) ދިވެހިރާއްޖޭގައިވެސް ހަލުއިކަމާއެކު ފެތުރެމުންދިއުމާއި ގުޅިގެން މިބަލިން ރައްކާތެރިވުމުގެގޮތުން މިއަހަރުގެ (1441 ވަނައަހަރުގެ) ރަމަޟާން މަހުގެ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 04 ރަމަޟާން 1441 (27 އެޕްރީލް 2020) އިންފެށިގެން 28 ރަމަޟާން 1441 (21 މޭ 2020) ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އޮންލައިންކޮށް (ބޭންކް ޓްރާންސްފަރ މެދުވެރިކޮށް) ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ ތިރީގައިވާ އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ.

                ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އެއަހަރުތެރޭގައި ކައިއުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެއަދަދަށްވާ ފައިސާއެވެ.

 

މިރަށުގައި ދިރިއުޅޭމީހުން ޒަކާތް ދައްކާނީ ތިރީގައިވާ އަގުތަކަށެވެ.

 

ބާވަތް

ރޭޓް (މީހަކަށް ދައްކަންޖެހޭ ފައިސާ)

އާދައިގެ ހަނޑޫ

-/12ރ (ބާރަ ރުފިޔާ)

ބާސްމަތީ ހަނޑޫ

-/60ރ (ފަސްދޮޅަސްރުފިޔާ)

ތައިލެންޑް ހުދުހަނޑޫ

-/48ރ (ސާޅިސްއަށްރުފިޔާ)

ރަތް ހަނޑޫ

-/68ރ (ފަސްދޮޅަސް އަށްރުފިޔާ)

އާދައިގެ ފުއް

-/10ރ (ދިހަ ރުފިޔާ)

ޢާޓާ ފުއް

-/58ރ (ފަންސާސްއަށްރުފިޔާ)

 

 

ފައިސާ ޓްރާންސްފަރ ކުރަންޖެހޭ އެކައުންޓް ނަންބަރާއި އ/ކ ގެ ނަން:

 

އެކައުންޓްގެ ނަން

އެކައުންޓް ނަންބަރު

KHRADHU 2 1434

004 700429 7725

 

ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 7979045 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ފައިސާދެއްކި ފަރާތް، ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތް (އާދައިގެނހަނޑޫ، ބާސްމަތީ ހަނޑޫ، ތައިލެންޑް ހުދުހަނޑޫ، ރަތް ހަނޑޫ، އާދައިގެ ފުއް، އާޓާފުއް) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ. ޓްރާންސްފަރ ނުކުރެވޭ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ޒަކާތް ދެއްކެވުން އެދެމެވެ. ޒަކާތް ބަލައިގަންނާނީ 1441 ރަމަޟާން މަހުގެ 4 ވަނަދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ބަންދުނޫން ދުވަސްތަކު ހެނދުނު 10:00ން މެންދުރު 12:00 އަށެވެ.

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

              03 ރަމަޟާން 1441

                26 މޭ 2020  

26 އޭޕްރިލް 2020
ހޯދާ