ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.އަތޮޅު ހޮސްޕިޓަލުގެ އެސިސްޓެންޓް ޕަބްލިކްރިލޭޝަންސް އޮފިސަރ ކަމުގެ މަޤާމަށް މުވައްޒފަކު ހޯދުމަށް

ނ. އަތޮޅުހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމްގެ ނަންބަރު:

J-254027

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. އަތޮޅު ހޮސްޕިޓަލް

މުސާރަ:

5020/-  ރުފިޔާ

ސަރވިސްއެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

1-           އެކިއެކި ބޭނުންތަކުގައި ހޮސްޕިޓަލަށް ޒިޔާރަތްކުރާމީހުންނާއި މުޢާމަލާތުކޮށް ބޭނުންވާ މަޢުލޫމާތުދީ އެފަދަމީހުންނަށް އެހީތެރިކަންދީ، ހައްލުނުކުރެވޭ މައްސަލަތައް ލަސްނުކޮށް އަންގަން ޖެހޭ ފަރާތްތަކަށް އެންގުން.

2-           ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކަށާއި އެޕޮއިންޓްމެންޓް ހެދުމަށް ގުޅާ ފަރާތްތަކަށް އިޙުތިރާމާއިއެކު ޖަވާބުދާރިވުމާއި، އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްގެ އެންމެހައިކަންތައް ހަމަޖެއްސުން. އަދި އެފަރާތްތަކަށް ކަމާއި ގުޅޭ  މަޢުލޫމަތު ފޯރުކޮށްދިނުން.

3-           ރަޖިސްޓްރީކުރުމާއި ނަންބަރު ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް، ނަންބަރު ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖެއްސުމާއި، ކޮންމެ ޝިފްޓެއްގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން.

4-           އެޕޮއިންޓްމެންޓް ހެދުމަށާއި މެމޯ ދޫކުރުމަށް ކަޑައެޅިފައިވާ ގަޑީގައި އެމަސއްކަތް ފޭށޭނެގޮތަކަށް އިންތިޒާމްކުރުމާއި، މަގުބޫލު އެއްވެސް ސަބަބަކާ ނުލާ ކަޑައެޅިފައިވާ ގަޑީގައި ޚިދުމަތް ނުދެވި ލަސްވެގެން ނުވާނެގޮތަކަށް ކަންކަން ހަމަޖެއްސުން.

5-           އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދުމަތަށް މަގުފަހިކޮށް ދިނުމާއެކު ، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމާއެކު ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން ، އެމްބިއުލަންސްގެ ދަތުރުތައް ހަމަޖެއްސުން.

6-           ރިސެޕްޝަނުން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފިނުވުމާއި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

7-           ސެކްޝަންގެ މުވައްޒަފަކު ސަލާމްބުނެފިނަމަ ބަދަލު އިންތިޒާމު ހަމަޖެއްސުމާއި މަސައްކަތަށް ބުރޫނާރާނެ ގޮތަށް އިންތިޒާމުކުރުން.

8-           ސެކްޝަން މުވައްޒަފުންގެ ޗުއްޓީ ތާވަލް ހެދުމާއި މަސައްކަތަށް ދަތިނުވާނެ ގޮތަކަށް ޗުއްޓީގެ އިންތިޒާމު ހަމަޖެއްސުން.

9-           ރިފަރކުރާ ބަލިމީހުންނާއި ގުޅިގެން ކުރަންޖެހޭ އެންމެހާކަންތައް ހަމަޖެހިފައިއޮންނަ އުސޫލުން ވީހާވެސް އަވަހަކަށް ކުރުން، އަދި އެކަންތައް ކުރިއަށްދާގޮތް ބަލިމީހާގެ އާއިލާއަށް ސާފުކޮށް ދިނުން.

10-       ހޮސްޕިޓަލުން އަގުނަގާގޮތަށް ހަމަޖެހިފައިވާ  ޚިދުމަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލައިގަތުން.

11-       ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން.

12-       ރިސެޕްޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސެކްޝަންގެ އެހެން މުވައްޒަފުންގެ ޑިއުޓީ ޓޭބަލްތައްޔާރުކޮށް ހޮސްޕިޓަލްގެ އެޗް.އާރް ސިސްޓަމްއަށް ގަވައިދުން ޑިއުޓީތައް އަޕްލޯޑް ކުރުމާއި ޑިއުޓީތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސް ޑިއުޓީތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.

13-       އާސަންދައިގެ އެންމެހާ ބިލްތައް ތައްޔާރުކޮށް އެ ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވައިދުން ފޮނުވުން.

14-       ހޮސްޕިޓަލްގެ އޯ.ޕީ.ޑީއާއި ކޮންސަލްޓޭޝަން ރޫމްތައް އަދި ރިސެޕްޝަނުގެ ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން.

15-       ބަލިމީހުން ރަޖިސްޓްރީކޮށް މަޢުލޫމާތު އެންޓަރކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރއަށާއި ޢަމަލުކުރަންޖެހޭ ގަވާއިދުތަކަށާއި އުޞޫލުތަކަށް އަންނަ ބަދަލުތައް އޮޅުންފިލުވާ މަސައްކަތަށް އަހުލުވެރި މުވައްޒަފަކަށްވުމަށް އަމިއްލަޔަށް މަސައްކަތްކުރުން.

16-       އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ދޭންޖެހޭ މަޢުލޫމާތުދީ އެހީތެރިވުން.

17-       ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.

18-       މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

19-       ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުގެ ރައްތަކަށްކުރާ ދަތުރުގައި ބައިވެރިވާން ޖެހިއްޖެނަމަ ބައިވެރިވެ ޙަރަކާތްތެރިވުން.

20-       ހޮސްޕިޓަލް ރިސެޕްޝަންގައި ޑިޔުޓީކުރަން ޖެހިއްޖެ ޙާލަތެއްގައި ޑިޔުޓީކުރުން.

މަޤާމުގެ ޝަރުތު

 

  1. 1.    'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު،އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. 2.    'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން ދަށްވެގެން 'އީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން. ނުވަތަ،
  3. މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެދާއިރާތައް:

އެޑްމިނިސްޓްރޭޝަން، ކަސްޓަމަރ ސާރވިސް

ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން، ކަސްޓަމަރ ކެއަރ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ނ. އަތޮޅުހޮސްޕިޓަލުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ  މުއްދަތާއި، މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމުޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމުޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށްއެންމެ ޤާބިލްފަރާތެއް ހޮވުމަށް ބަލާނެކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 މެއި 2020 ވަނަ ދުވަހުގެ 12:00 ގެކުރިން ނ. އަތޮޅުހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] ނުވަތަ [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު  އޮންނާނީ 17 މެއި 2020 އާއި 28 މެއި 2020 އާއި ދެމެދު، ނ. އަތޮޅުހޮސްޕިޓަލްގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ނ.އަތޮޅުހޮސްޕިޓަލްގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް  ނ. އަތޮޅުހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލުމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6560037 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ "(http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

26 އޭޕްރިލް 2020
ހޯދާ