އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގައި ބޯކޮށާތަންތަނުގެ ޚިދުމަތް ދިނުމާއި ގުޅޭ

އިޢުލާން

               ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މިންވަރު ދުވަހުން ދުވަހަށް ދިވެހިރާއްޖޭގައި އިތުރުވަމުން ދިއުމާއިގުޅިގެންޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ޓ)، (ޗ) އާއިޤާނޫނު ނަންބަރު 2012/7 (ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ށ) ، (ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން ވަކި މުއްދަތެއް އަންގަންދެން އައްޑޫސިޓީގައި ބޯކޮށާ ތަންތަނުން ޙިދުމަތް ދިނުމަކީ މަނާކަމެކެވެ.

                 މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

52 ޝަޢުބާން 1441

20 އޭޕްރިލް 2020
ހޯދާ