ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ ކެފޭ ރެސްޓޯރެންޓް ބަންދުކުރުން

ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައިވެސް ހަލުއި ކަމާއެކު ފެތުރި މި ސަރަޙައްދުގައި ވެސް މި ބައްޔަށް ޕޮޒިޓިވް މީހުންގެ ކޮންޓެކްޓް ވެފައިވާ ގިނަ ބަޔަކު މި ސަރަޙައްދުގެ ގިނަ ރަށްތަކުގައި ތިބުމާއި، މިރަށުގައިވެސް މިފަދަ ކޮންޓެކްޓް މީހުން ގެތަކުގައި ކަރަންޓީނު ކުރެވިފައިވާތީއާއި، 19 އޭޕްރީލް 2020 ވަނަ ދުވަހުގެ މަޣުރިބި ނަމާދުން ފެށިގެން ހުރިހައި ރަށެއްގައި ޖަމާޢަތުގެ ނަމާދު ކުރުން ހުއްޓާލުމާއި އަދި މީހުން އެއްވާ ތަންތައް ބަންދުކޮށް ރަށު ތެރެއާއި ރަށަށް ލަފާ ފުރާ މީހުން ބެލެހެއްޓުމުގެ މަސައްކަތް ހުރިހާ ވަގުތު ތަކެއްގައި ކުރަމުން ގެންދިއުމުގެ އިތުރަށް ރައްޔިތުން ވީހާ ގިނަވަގުތު ތަކުގައި ގޭގައި މަޑުކުރުމަށް އަންގާ މި ގެންދަނީ ނަސޭހަތް ތެރި ވަމުންނެވެ.

                ވީމާ ދަންނަވަމެވެ. ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު ނަންބަރ:2020/17 ގެ 41 ވަނަ މާއްދާގެ ޓ އަދި ޏ އާއި ޤާނޫނު ނަންބަރ:2012/17 ޢާއްމު ޞިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނު ގެ 41 ވަނަ މާއްދާގެ ށ، ނ އިން ރަށު ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކުރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް ޓަކައި އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން 20 އޭޕްރީލް 2020 ވަނަ ދުވަހުގެ ރޭގަނޑު 00.00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ރަށުގެ ހުރިހާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޚިދުމަތް ދިނުން މެދު ކަޑާލައި ހަމައެކަނި ޑެލިވަރީ ކުރުމުގެ ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނަށް ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

20 އޭޕްރިލް 2020
ހޯދާ