މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                                            ނަންބަރ: (IUL)GS-23/PRIV/2020/02  

އިޢުލާން

 

2020 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

                މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުޔަށް ހިފުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ  (IUL)GS-23/PRIV/2019/40 އިޢުލާނާއިގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވާ ފަރާތުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.   

               2020 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ.  މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވި ފަރުނީޗަރު އަދި  މަދުވެގެން 2 ކޮޓަރި ( އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެބަޔަކާއި (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

            ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފިނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަންނާނެއެވެ.

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

30 އޭޕްރީލް  2020

ބުރާސްފަތި  

މަޢުލޫމާތު ސާފުކުރުން ( ފޯނުން 7952901 )

11:00 ން 12.00 އަށް

މ. އަތޮޅު ތަޢުލީމީ މަރުކަޒު  

06 މެއި 2020

ބުދަ  

އަންދާސީ ހިސާބު ބަލައިގަތުން

12:00

މ. އަތޮޅު ތަޢުލީމީ މަރުކަޒު

 

        މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 7952901 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                          27 ޞައުބާން  1441 

                          20 އޭޕްރީލް  2020

 

 

                                                              އާމިނަތު ޢަލީ   

                                                              ޕްރިންސިޕަލް

              

20 އޭޕްރިލް 2020
ހޯދާ