މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަލްޓިމީޑިއާ ކޯޑިނޭޓަރ

                                       މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ  

                                       އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/13)

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  މަލްޓިމީޑިއާ ކޯޑިނޭޓަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,360  ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.   

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

- މި ކޯޕަރޭޝަނުގެ ޑިޖިޓަލްމީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.

- ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކޮންމެ އަހަރަކު ތައްޔާރުކުރެވޭ ޑިޖިޓަލް އެންޑް އޮންލައިން މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

- މި ކޯޕަރޭޝަނުން ކުރިއަށްގެންދެވޭ އެކި މާކެޓިންގެ ކެމްޕެއިންތަކުގެ މައުލޫމާތު ސުޕަވައިޒަރުގެ ލަފާގެދަށުން ކަނޑައެޅޭ މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުން.

- ޑިޖިޓަލް މާކެޓިންގ ކެމްޕެއިންތައް ހަރުދަނާކުރުން.

- ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކުރިއަށްގެންދެވޭ އޮންލައިން ޖޮއިންޓް ކެމްޕެއިންތަކުގެ މައުލޫމާތު ހޯދައި މެނޭޖްމަންޓާއި ހިއްސާކުރުން. 

- ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެބަދަލުތަކަށް އަހުލުވެރިވެ އެ ބަދަލުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.

- މިކޯޕަރޭޝަނުގެ ފަރާތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަދި އެހެނިހެން ބޭނުންތަކަށް ޑިޒައިން ކުރަން ބޭނުންވާ ތަކެތި ޑިޒައިންކުރަންޖެހިއްޖެ ހާލަތެއްގައި ޑިޒައިންކުރުން.

- ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

ފޯމު ހުށައަޅަންވީ ތާރީޚް:  28 އެޕްރީލް 2020 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން[email protected]  އަށް އީމެއިލް ކުރުން.

:ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

:އިތުރު މަޢްލޫމާތު

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 33035513 ނުވަތަ 3035514 ފޯނާއެވެ. 

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން 

19 އޭޕްރިލް 2020
ހޯދާ