މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންޓެންޓް ރައިޓަރ

                                       މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

                                          އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/14)

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ކޮންޓެންޓް ރައިޓަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުން (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 (އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ރާއްޖެ އިޝްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތަށް މި ކޯޕަރޭޝަނަށް ބޭނުންވާ އެންމެހާ ކޮންޓެންޓްތައް ތައްޔާރުކުރުން.

- ޙަވާލުކުރެވޭ ކެމްޕެއިންއާއި އެންމެ ގުޅޭ އަދި ޓާގެޓް އޯޑިއަންސްގެ ސަމާލުކަން ފަސޭހައިން ހޯދޭނެ ފަދަ ކޮންޓެންޓް ތައްޔާރުކުރުން.

- ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި މި ކޯޕަރޭޝަނުން ބޭނުންކުރާ ޕްރޮމޯޝަނަލް މެޓީރިއަލްސްތަކުގެ ކޮންޓެންޓްތައް ތައްޔާރުކުރުން.

- ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މިކޯޕަރޭޝަނުން ކުރިއަށްގެންދާ އެކިއެކި އެޑްވަޓައިޒިންގ ކެމްޕެއިންތަކުގެ ކޮންޓެންޓް ތައްޔާރުކުރުން.

- ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މިކޯޕަރޭޝަނުން މިހާރު ބޭނުންކުރަމުންދާ ކޮންޓެންޓްތައް އިތުރަށް ހަރުދަނާކޮށް މުހިންމު އައު ކޮންޓެންޓްތައް ތައްޔާރުކުރުން.

- މިކޯޕަރޭޝަނުން ކުރިއަށްގެންދާ އަދި ބައިވެރިވާ އެކި އިވެންޓްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ކޮންޓެންޓް އެކަމަށް ކަނޑައެޅޭ ވަގުތާއި މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން. 

- މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ކޮންޓެންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެންމެ ފަހުގެ ޓްރެންޑްސް އަދި ޓެކްނިކްސްއަށް ރިޢާޔަތްކޮށް ކޮންޓެންޓް ތައްޔާރުކުރުން.

- ނިއުސްލެޓާއަށް ބޭނުންވާ ކޮންޓެންޓް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން.

- ތައްޔާރުކުރާ ކޮންޓެންޓްތަކަކީ ރާއްޖޭގެ ބްރޭންޑް އިމޭޖް ނުގެއްލި ބަހުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ތައްޔާރުކުރެވޭ ކޮންޓެންޓް ކަމުގައި ވުމާއި ކޮންޓެންޓްތަކުން ވީހާވެސް ބޮޑަށް މަންޒަރު އަދި ދޭން ބޭނުންވާ މެސެޖް ރަނގަޅަށް ސިފަކޮށްދިނުން.

-  މި ކޯޕަރޭޝަނުން އެކިކަންކަމާއި ގުޅިގެން ތައްޔާރުކުރާ ކޮންޓެންޓްތަކުގެ ރިކޯޑްސް ރައްކާތެރިކަމާއެކު ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުން.

-  ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. 

 ފޯމު ހުށައަޅަންވީ ތާރީޚް:  28 އެޕްރީލް 2020 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން[email protected]  އަށް އީމެއިލް ކުރުން.

:ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

: އިތުރު މަޢްލޫމާތު 

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 33035513 ނުވަތަ 3035514 ފޯނާއެވެ. 

: އެޑްރެސް ކުރައްވާނީ

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

19 އޭޕްރިލް 2020
ހޯދާ