ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސެކިއުރިޓީޒް ވިއްކާފައިވާ ކުންފުނިތަކުގެ 2020ގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓްއާގުޅޭ

އޮތޯރިޓީގެ ގަވާއިދު ނަންބަރު: 2019/R-1050 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު)ގެ ދަށުން ނެރެންޖެހޭ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ޝާއިޢުކުރުމުގެ މުއްދަތަކީ 30 އޭޕްރީލް 2020ގެ ނިޔަލަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ޞިއްޙީ ނުރައްކަލުގެ ހާލަތު 4 (Red Alert)އަށް ބަދަލުކޮށްފައިވާކަން ކަމާބެހޭ އިދާރާއިން ހާމަކުރުމާގުޅިގެން މިގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން، ސެކިއުރިޓީޒް ދޫކޮށްފައިވާ ކުންފުނިތަކުގެ 2020ގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ޝާއިޢުކުރުމުގައި ލުއިގޮތް ހަމަޖެއްސައިދިނުމުގެ ގޮތުން، 31 މޭ 2020ގެ ނިޔަލަށް ރިޕޯޓު ޝާއިޢުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާކަން ދަންނަވަމެވެ.

23 ޝަޢުބާން 1441

16 އޭޕްރީލް 2020

  

19 އޭޕްރިލް 2020
ހޯދާ