މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން

 

 

 

އިޢުލާން

 

 އަލިފުށީގައި ހިންގާ ހޮޓާ ކެފޭތަކުގެ ޚިދުމަތް ދޭއިރު ، އެތަންތަނަށް މީހުން ޒިޔާރަތް ކުރާމިންވަރު މަދުވާނޭގޮތަކަށް ޚިދުމަތްދޭނެ ގޮތަކާއި ބެހޭގޮތުން ހޮޓާތައް ހިންގުމުގައި އިސްކޮށް އުޅޭ ފަރާތްތަކާއި، ކައުންސިލާއި، އެކު ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މި މަޝްވަރާގެ އަލީގައި ނިމޭގޮތަކަށް ޢަމަލުކުރުމަށް ކޮވިޑް19އާގުޅިގެން އުފައްދާފައިވާ ޓާސްކްފޯހުންވެސް ވަނީ ނިންމާފައެވެ.

ވީމާ، މަޝްވަރާ ބައްދަލުވުމުގައި ވާހަކަދެކެވި ދެފަރާތުންވެސް އެއްބަސްވިގޮތަށް 17 އެޕްރީލް 2020 ވާ ހުކުރުދުވަހުގެ 18:00 ންފެށިގެން، މިރަށުގައި ހިންގާ ހޮޓާ / ކެފޭތަކުން، ޚިދުމަތް ދޭނީ، އޯޑަރ ކުރުމުން، ޑެލިވަރީގެ ޚިދުމަތްދޭ އުސޫލުންނެވެ. މިގޮތަށް ހަމަޖެހުމާގުޅިގެން ހޮޓާތަކަށް އޯޑަރުތައް ބަލައިގަންނާނެ އެންމެފަހު ވަގުތަކީ ކޮންމެދުވަހެއްގެ ރޭގަނޑު 11:00 އެވެ.

މިހެެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

24 ޝަޢުބާން 1441

17 އެޕްރީލް 2020

17 އޭޕްރިލް 2020
ހޯދާ