މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ މަޢުލޫމާތު އެއްކުރުން

އިޢުލާން

     ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ންނަބަރު: 7/2010 އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ( ހ،ބ ) ގައިވާ ގޮތުގެމަތީން ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ދަފްތަރެއް ބެލެހެއްޓުމަކީ މިކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

     ވީމާ، މިރަށުގައި ދިރިއުޅޭ އެންމެހައި ބިދޭސީންގެ މަޢުލޫމާތު 30 އޭޕްރީލް 2020 ވަނަ ދުވަހުގެ ނިޔަލަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން މިއިދާރާއަށް ހުށަހެޅުމަށް އަންގަމެވެ.

     އަދި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް 19 އާއި ގުޅިގެން، ބިދޭސީންގެ ސައްޙަ މަޢުލޫމާތު އެއްކުރަމުން ގެންދަންޖެހޭތީ، ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ދުވަހުން ދުވަހަށް މިކައުންސިލަށް ރިޕޯޓް ކުރެއްވުމަށާއި މިގޮތަށް މަޢުލޫމަތު ނުދެއްވާ، ބިދޭސީން ގެންގުޅޭނަމަ އެފަރާތްތަކާއި މެދު ޤަވާޢިދުން ފިޔަވަޅު އަޅާނެވާހަކަ ވެސް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

17 އޭޕްރިލް 2020
ހޯދާ