ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދުއަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ސަމާލުންކަންދިނުމަށް

ހއ. މޮޅަދުއަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ސަމާލުންކަންދިނުމަށް

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށް، ޢާންމު ރައްޔިތުންގެ ސިއްޙަތާއި، ރައްކާތެރިކަމަށްޓަކައި 2020 އެޕްރީލް 17 ވަނަ ދުވަހުގެ ހަވީރު 6:00 ންފެށިގެން، މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވާފައެވެ. އެގޮތުން ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގަވާފައިވާތީ އެއްވެސް ރަށަކުން ހއ. މޮޅަދޫ އަށް އަންނަންބޭނުންވާ ފަރާތް ތަކުން ދަންނަވާފައިވާގޮތުގެ މަތީން ނޫނީ މޮޅަދޫ އަށް ދަތުރު ނުކުރެއްވުމަށް ދަންނަވަމެވެ. 

 

  1. އެއްވެސް ރަށަކުން ޒަރޫރީ ބޭނުމެއްގައި ހއ. މޮޅަދޫ އަށް އަންނަން ބޭނުންވާނަމަ ދަތުރު ފެށުމުގެ 24 ގަޑި އިރުކުރިން 7434118 ނަންބަރު ފޯނަށް ގުޅުއްވައި ކައުންސިލުގެ ހުއްދަ ލިބިގެން ނޫނީ މޮޅަދޫ އަށް ދަތުރު ނުކުރެއްވުން.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ

17 އޭޕްރިލް 2020
ހޯދާ