މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 – ކަނޑު ދަތުރުފަތުރު ކުރުމާއި ގުޅޭ.

އެންގުން

 

ކޮވިޑް 19 – ކަނޑު ދަތުރުފަތުރު ކުރުމާއި ގުޅޭ.

 

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންއަންނަ ކޮވިޑް 19 ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށްރަށަށް އަރާފައިބާ ފަރާތްތައް މޮނިޓަރކުރުމަށް އެޗްޕީއޭއިންވަނީ އަންގާފައިވެއެވެ. އަދި މިބަލި މިހާރުވަނީ ރާއްޖޭގެ މުޖުތަމައުގައި ގައިގަޔަށް ފެތުރެންފަށާފައެވެ.

މިޚާއްސަ ހާލަތުގައި މިކަން މޮނިޓަރކުރަމުންގެންދާ ހެލްތު ޓާސްކްފޯސްއަށް ރަށަށް އަރާފައިބާ ފަރާތްތައް އަންގަމުންގެންދިޔުމަށް އިލްތިމާސްކޮށްފައިވީނަމަވެސް ބައެއްފަރާތަކުން އެގޮތަށް އެކަން ކުރަމުންނުގެންދާކަން ހިތާމަޔާއިއެކު ފާހަގަކުރަމެވެ. އަދި މިކަމުގެ ސަބަބުން ވާދޫއަށް ބަލިފެތުރެން މަގުފަހިވުން އެކަށީގެންވެއެވެ.

މިހެންވެ، 2010/07 ޤާނޫނުގެދަށުން ކައުންސިލަށް ލިބިދޭ އީހުތިޔާރުގެދަށުން އެކުލަވާލާފައިވާ ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން، މިހާރުވަނީ ކައުންސިލުން އުސޫލެއް އެކުލަވާލާ ޤެޒެޓުގައި ޝާއިއުކޮށްފައެވެ. މިއުސޫލު އެކުލަވާލާފައިވަނީ 2020 އޭޕްރިލް 17 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ނަންބަރު C3/2020/01 ކުއްލި ބައްދަލުވުމުންނެވެ. އަދި ކޮވިޑް 19 އާއިގުޅިގެން ސަރުކާރުން ރާއްޖޭގައި ކަނޑައަޅާފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނިމެންދެން، މިއުސޫލުގެދަށުން ތިރީގައި ގޮތަށް އަމަލުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

1-     މިއެންގުން ތަންފީޒުކުރުމުގެ ބާރު ލިބިގެންވަނީ ވާދޫގައި ޤާއިމްކޮށްފައިވާ ކޮވިޑް ޓާސްކްފޯސްއާއި ވާދޫ ކައުންސިލަށެވެ.

2-     ވާދޫގައި ދުއްވާ އުޅަނދުފަހަރު، ރަށުން ފުރުމުގެ ކުރިން ނުވަތަ، ލެފުމަށްފަހު ލަސްވެގެން 30 މިނެޓްގެތެރޭގައި ޓާސްކުފޯސްއަށް އަންގާ އެފަރާތުން އެދޭ މައުލޫމާތަށް ފޯރުކޮށްދޭންވާނެއެވެ.

3-     ވާދޫއަށް އަރާފައިބާ ރަށުން ބޭރު ފަރާތްތައް ރަށަށް އަރާފައިބަންވާނީ ވާދޫގެ އިރުމަތީ ގައިވާ ރަސްމީ ބަނދަރުންނެވެ. އަދި އެފަރާތްތަކުން ޓާސްކުފޯސްގެ ހުއްދަ ލިބިގެން މެނުވީ އެހެންދިމާލަކުން އަރާފައިބައިގެން ނުވާނެއެވެ.

4-     ވާދޫ ފުރަބަންދުކުރެވިފައިވާ ޚާލަތުގައި ގައި ކަނޑުގައި ދުއްވާ އެއްވެސް އުޅަނދެއް ރަށުން ފުރަންވާނީ އެޅުނދު ދާތަނަކާއި، އުޅަނދުގައި ތިބި މީހުންގެ މައުލޫމާތާއި ދަތުރުކުރާ މަޤުސަދު ވާދޫގައި ޤާއިމްކޮށްފައިވާ ހެލްތް ޓާސްކްފޯސްއަށް އެއްގުމަށްފަހު ހުއްދަ ލިބުމުންންވެ.

5-     މިއުސޫލާއި ޚިލާފްވާފަރާތްތަކަށް ޤާވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެކަމުގައި އަންގަމެވެ.

ވީމާ، އެންމެހާ ފަރާތްތަކުން މިއެންގުމާއި އެއްގޮތަށް އަމަލުކުރުމަށް ދެންނެވީމެވެ.

17 އޭޕްރިލް 2020
ހޯދާ