މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް 19 – ވާދޫއަށް ކަނޑު ދަތުރުފަތުރު ކުރުމާއި ގުޅޭ.

އެންގުން

 

ކޮވިޑް 19 – ވާދޫއަށް ކަނޑު ދަތުރުފަތުރު ކުރުމާއި ގުޅޭ.

 

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންއަންނަ ކޮވިޑް 19 ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށްރަށަށް އަރާފައިބާ ފަރާތްތައް މޮނިޓަރކުރުމަށް އެޗްޕީއޭއިންވަނީ އަންގާފައިވެއެވެ. އަދި މިބަލި މިހާރުވަނީ ރާއްޖޭގެ މުޖުތަމައުގައި ގައިގަޔަށް ފެތުރެންފަށާފައެވެ.

މިޚާއްސަ ހާލަތުގައި މިކަން މޮނިޓަރކުރުމުގެ ބޭނުމުގައި ވާދޫއަށް އަރާފައިބާ ފަރާތްތަކަށް ވަކިޚާއްސަ ސަރަހައްދެއް މިހާރުވަނީ ކަނޑައެޅިފައެވެ. މިގޮތުން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން ރަށުގެ އިރުމަތީގައިވާ ރަސްމީ ބަނދަރު ބޭނުންކުރުމަށް ދަންނަވަމެވެ. އަދި މިނޫން ސަރަހައްދުތަކަށް އަރާފޭބުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

ވީމާ، އެންމެހާ ފަރާތްތަކުން މިއެންގުމާއި އެއްގޮތަށް އަމަލުކުރުމަށް ދެންނެވީމެވެ.

17 އޭޕްރިލް 2020
ހޯދާ