މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ވާދޫ ފަޅު ބޭނުންކުރުމުގެ އުސޫލު

ފަޅު ބޭނުންކުރުމުގެ އުސޫލު

މިއީ ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން ވާދޫކައުންސިލްގެ 2020 ވަނަ އަހަރުގެ 01 ވަނަ ކުއްލި ބައްދަލުވުމުން ފާސްކޮށް ފައިވާ އުސޫލެކެވެ.

1.       މިއުސޫލަށް އަމަލުކުރަންފަށާނީ މިއުސޫލު ގެޒެޓުގައި ޝާޢިއުކުރާ ތާރީހުން ފެށިގެންނެވެ.

2.       ވާދޫއަށް ދިމާވާ ޚައްސަ ހާލަތަކާއި ގުޅިގެން ވާދޫގެ ފަޅަށް ވަދެ ނިކުތުމުގައި ކައުންސިލުން އަންގާގޮތެއްގެމަތިން އަމަލުކުރަންވާނެއެވެ.

ޙ. ރަށަށް އަރާފޭބުމަށް ވަކިހާއްސަ ނެރެއް ކަނޑައެޅުމާއި، ނެރުބަންދުކުރުމަށް ކައުންސިލުން ކަނޑައަޅައިފިނަމަ، ކަނޑައަޅާ ގޮތެއްގެމަތިން ނެރުބޭނުންކުރަންވާނެއެވެ.

ށ. އެއްވެސް ކަނޑުއުޅަނދެއް ބަނދަރުކުރުމަށް ވަކި ޚާއްސަ ސަރަހައްދެއް ކަނޑައަޅައިފިނަމަ އެސަރަހައްދަކަށް މެނުވީ އެއްވެސް އުޅަނދެއް ބަނދަރުކުރުމަކީ މަނާކަމެކެވެ.

ނ. ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާފަރާތަކުން ހުއްދަ ހޯދައިގެން މެނުވީ ރަށުގެ ފަޅަށް ވަދެނިކުތުން މަނާކޮށްފިނަމަ، ފަޅަށް ވަދެ ނިކުމެ ހަދަންވާނީ އެހުއްދައެއް ހޯދައިގެންނެވެ.

ރ. ފަޅަށް ވަދެނިކުތުމުގައި އެއްވެސް މައުލޫމާތެއް ހޯދުމަށް ކައުންސިލުން ކަނޑައަޅާ ފަރާތަކުން އެދިއްޖެނަމަ، އެމައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.

3.       މި އުސޫލު ދަށުން ކައުންސިލުން ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތަކާއި ހަވާލުކޮށްގެން ކުރުމުގެ ޙައްޤު ކައުންސިލަށް ލިބިގެންވެއެވެ.

4.       މިއުސޫލާއި ޚިލާފްވާ ފަރާތްތަކަށް ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

 

5.       އުޅަނދު ދުއްވީ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު ބަލަހައްޓާ ފަރާތް ނޫންކަމުގައިވީނަމަވެސް، ޤަވާއިދާއި ޚިލާފްވެއްޖެނަމަ ފިޔަވަޅުއެޅޭނީ އެއުޅަނދެއްގެ ވެރިފަރާތް ނުވަތަ ބަލަހައްޓާފަރާތަކަށެވެ.

ފަޅު ބޭނުންކުރުމުގެ އުސޫލު

މިއީ ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން ވާދޫކައުންސިލްގެ 2020 ވަނަ އަހަރުގެ 01 ވަނަ ކުއްލި ބައްދަލުވުމުން ފާސްކޮށް ފައިވާ އުސޫލެކެވެ.

1.       މިއުސޫލަށް އަމަލުކުރަންފަށާނީ މިއުސޫލު ގެޒެޓުގައި ޝާޢިއުކުރާ ތާރީހުން ފެށިގެންނެވެ.

2.       ވާދޫއަށް ދިމާވާ ޚައްސަ ހާލަތަކާއި ގުޅިގެން ވާދޫގެ ފަޅަށް ވަދެ ނިކުތުމުގައި ކައުންސިލުން އަންގާގޮތެއްގެމަތިން އަމަލުކުރަންވާނެއެވެ.

ޙ. ރަށަށް އަރާފޭބުމަށް ވަކިހާއްސަ ނެރެއް ކަނޑައެޅުމާއި، ނެރުބަންދުކުރުމަށް ކައުންސިލުން ކަނޑައަޅައިފިނަމަ، ކަނޑައަޅާ ގޮތެއްގެމަތިން ނެރުބޭނުންކުރަންވާނެއެވެ.

ށ. އެއްވެސް ކަނޑުއުޅަނދެއް ބަނދަރުކުރުމަށް ވަކި ޚާއްސަ ސަރަހައްދެއް ކަނޑައަޅައިފިނަމަ އެސަރަހައްދަކަށް މެނުވީ އެއްވެސް އުޅަނދެއް ބަނދަރުކުރުމަކީ މަނާކަމެކެވެ.

ނ. ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާފަރާތަކުން ހުއްދަ ހޯދައިގެން މެނުވީ ރަށުގެ ފަޅަށް ވަދެނިކުތުން މަނާކޮށްފިނަމަ، ފަޅަށް ވަދެ ނިކުމެ ހަދަންވާނީ އެހުއްދައެއް ހޯދައިގެންނެވެ.

ރ. ފަޅަށް ވަދެނިކުތުމުގައި އެއްވެސް މައުލޫމާތެއް ހޯދުމަށް ކައުންސިލުން ކަނޑައަޅާ ފަރާތަކުން އެދިއްޖެނަމަ، އެމައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.

3.       މި އުސޫލު ދަށުން ކައުންސިލުން ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތަކާއި ހަވާލުކޮށްގެން ކުރުމުގެ ޙައްޤު ކައުންސިލަށް ލިބިގެންވެއެވެ.

4.       މިއުސޫލާއި ޚިލާފްވާ ފަރާތްތަކަށް ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

5.      

SEAL.png

 

އުޅަނދު ދުއްވީ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު ބަލަހައްޓާ ފަރާތް ނޫންކަމުގައިވީނަމަވެސް، ޤަވާއިދާއި ޚިލާފްވެއްޖެނަމަ ފިޔަވަޅުއެޅޭނީ އެއުޅަނދެއްގެ ވެރިފަރާތް ނުވަތަ ބަލަހައްޓާފަރާތަކަށެވެ.

 

17 އޭޕްރިލް 2020
ހޯދާ