ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާތީ، ރަށުގައި އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކްފޯރސް އާއި ސޯޝަލް ސަޕޯޓް ޑެސްކުގެ އިރުޝާދުގެ މަތިން ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާވައެވެ.

 

  • 2020 އޭޕްރިލް 17 ވާ ހުކުރު ދުވަހުގެ ( މިއަދުގެ) އިރުއޮއްސި 18:00 ގެ ފަހުން ޒަރޫރީ ބޭނުމެއްގައިވެސް ރަށް އަންނަނަމަ، ދުރާލައި 7467508 ނުވަތަ 9723791 ނަންބަރުފޯނާއި ގުޅުއްވައި އަންނަ ބޭނުމާއި، އަންނަ މީހުންގެ އަދަދު އެންގެވުމަށްފަހު ހުއްދައެއް ހޯދުން. މިގޮތަށް ޢަމަލު ނުކޮށްފިނަމަ އެ އުޅަނދެއް އަނބުރާ ފޮނުވާލެވޭނެއެވެ.
  • 2020 އޭޕްރިލް 17 ވާ ހުކުރު ދުވަހުގެ ( މިއަދުގެ) އިރުއޮއްސި 18:00 ގެ ފަހުން ޒަރޫރީ ބޭނުމެއްގައިވެސް ރަށުން ބޭރަށް ދާނަމަ، ދުރާލައި 7467508 ނުވަތަ 9723791 ނަންބަރުފޯނާއި ގުޅުއްވައި ދާ ބޭނުމާއި، ދާ މީހުންގެ އަދަދު އެންގެވުމަށްފަހު ހުއްދައެއް ހޯދުން. މިގޮތަށް ޢަމަލު ނުކޮށްފިނަމަ އެ އުޅަނދަކަށް ރަށުން ފުރުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  • ދިރިއުޅޭ ގޭބިސީ ފިޔަވައި އަމިއްލަ ތަންތަނާއި އާއްމު ތަންތަންވެސް ހިމެނޭ ގޮތަށް އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓާލުން.
  • މާހެފުމާއި ، ދަތުރު ދިޔުމާއި ، މޫދަށް އެރުމާއި ކުޅިވަރު ކުޅުމާއި، އެނޫންވެސް އިޖުތިމާޢީ ޙަރަކާތްތައް ބޭއްވުން ފަދަ ކަންތައްތައް ނުކުރުން.
  • ބަލިވެގެން، ޑޮކްޓަރަށް ދެއްކުމަށްޓަކައި ރަށުން ބޭރަށް ދާން ބޭނުންވެއްޖެ ޙާލަތެއްގައި، ފިނޭ ޞިއްހީމަރުކަޒުގެ އޮންކޯލް ނަންބަރު 9772129 އާ ގުޅުއްވައި ރަށުގައި ހުންނެވި ޑޮކްޓަރުގެ ލަފާޔާއި އިރުޝާދު ހޯދުން.
  • މީގެ ކުރިންވެސް މީހުން އެއްވެ ނޫޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރިނަމަވެސް، މިކަމަށް އެދެވޭ ނަތީޖާއެއް ނުފެންނާތީ، ރަށުގެ ބަނދަރާއި، މި ނޫންވެސް އަތިރިމަތީގައި މީހުން އެއްވެ އުޅުމަށް މަގުފަހި ވާގޮތަށް ހެދިފައިވާ ޖޯލިފަދަ ތަކެތި 2020 އޭޕްރީލް 21 ގެ ކުރިން އެތަކެތީގެ ވެރިފަރާތުން ނެގުން. މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަގައިފިނަމަ ޓާސްކްފޯރސް އަދި ސޯޝަލް ސަޕޯރޓް ޑެސްކުގެ ފަރާތުން މިތަކެތި ނެގޭނެއެވެ.
  • ޓާސްކްފޯރސް އަދި ސޯޝަލް ސަޕޯރޓް ޑެސްކުގެ ފަރާތުން ބަނދަރު އަދި ރަށުތެރޭގައި ފޯރި މަރަމުން ގެންދިޔުން.                މި ފަދަ ވަގުތެއްގައި ރައްޔިތުން ކެތްތެރިވުމަށް ނަސޭޙަތްތެރިވަމެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކުރަމެވެ. މީގެ އިތުރުން ޞިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށާއި، ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ނުވާ މަޢުލޫމާތުތައް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ.
17 އޭޕްރިލް 2020
ހޯދާ