އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯވިޑް-19 އާއި ގުޅޭ

                                                         ނަންބަރު:A/IUL/344/2020/8

އިޢުލާން

ކޯވިޑް-19 އާއި ގުޅޭ:

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާއި ގުޅިގެން އެބަލިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ މުއައްސަސާތަކުގެ ލަފާގެ މަތިން ޓާސްކުފޯސްއެއް އުފައްދާ، އެޓާސްކުފޯސްގެ ބެލުމުގެ ދަށުން ރަށުފެންވަރުގައި މިދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ.

މިދުވަސްވަރަކީ ދިވެހިރާއަޖޭގެ ވެރިރަށް މާލެއިން ކޮރޯނާ ވައިރަސްއަށް ފައްސިވެފައިވާ މީހުން ފެނިފައިވާ ދުވަސްވަރެއްކަމުން، އިތުރަށް އެބަލި ފެތުރުނަ ނުދިނުމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން، ރަށަށް ޒިޔާރަތްކުރާ އެއްމެހައި ފަރާތްތަކުން ރަށަށް އެރުއްވުމުގެ ކުރިން ތިރީގައިވާ ނަމްބަރުތަކުގެ ތެރެއިން ނަމްބަރަކަށް (7793999،7600014،7650099،7996361،7417229) ގުޅުއްވާ މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ވޭތުވެ ދިޔަ 14 ދުވަހުގެ ތެރޭގައި މާލެ އާއި މާލެ ސަރަޙައްދުން ދަތުރުކުރައްވާ ރަށަށް ވަޑައިގެންފައިވާ އެންމެހައި ފަރާތްތަކުންނާއި މާލެ އާއި، މާލެ ސަރަހައްދުން އަދި އެހެން ރަށްރަށުން ދަތުރުކުރައްވައި ވަޑައިގަންނަވާ ފަރާތްތަކުން ރަށަށް ވަޑައިގަންނަވާ ދުވަހުން ފެށިގެން 14ދުވަސް ގޭގައި މަޑުކުރެއްވުމަށް އިލްތިމާސް ކުރަމެވެ. މިގޮތަށް ގޭގައި މަޑުކުރައްވާ މުއްދަތުގައި ގޭގައި ދިރިއުޅުއްވާ އެއްމެހައި ފަރާތްތަކާއި ގައިދުރުކޮށް (03 ފޫޓަށްވުރެ) ކައިރި ނުވެ އުޅުއްވުމަށް ދަންނަވަމެވެ.

މިބަލީގެ ނުރައްކާތެރިކަން އިތުރުވެފައިވާތީ، ރަށުގައި ދިރިއުޅުއްވާ ބޭފުޅުން ގޭގައި މަޑުކުރެއްވުމަށާއި ޢާއްމުން އެއްވާ ސަރަހައްދުތަކަށް އެއްވެ ނޫޅުއްވުމަށާއި އަދި ޒަރޫރީ ބޭނުމެއްގައި ފިޔަވައި ގެއިން ބޭރަށް ނުކުމެވަޑައި ނުގަތުމަށް ދަންނަވަމެވެ. އަދި ކާބޯތަކެތި އިސްރާފު ނުކުރުމަށާއި ޢާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

ތިބާ އާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް ފަރުދީ ޒިންމާ ނަންގަވާ، ސިއްޙީ މާހިރުންނާއި ކަމާއި ގުޅޭ މުއައްސަސާތަކުން ދެއްވާ ލަފާ އަދި އިރުޝާދާއި އެއްގޮތަށް އަމަލްތަށް ބެހެއްޓެވުން އެދި ދަންނަވަމެވެ. އަދި ފަރުޟު އަޅުކަންތައް އަދާކޮށް، މިނުރައްކާތެރި ވަބާއިން ރައްކާތެރި ކުރެއްވުމަށް އެދި ﷲ ތަޢާލާގެ ހަޟުރަތުގައި ގިނަގިނައިން ދުޢާކޮށް ޒިކުރުކުރުން ގިނަ ކުރުމަށް އިލްތިމާސް ކުރަމެވެ.

                             23 ޝަޢުބާން 1441

16 އޭޕްރިލް 2020
ހޯދާ