ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅޭ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 (ކޮރޯނާ ވައިރަސް ) އާ ގުޅިގެން އެބަލިން ރައްކާތެރިވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ މުއައްސަސާތަކުގެ ލަފާގެ މަތިން ރަށުފެންވަރުގައި މިދަނީ މަސައްކަތް ކުރަމުންނެވެ.

ދުވެހިރާއްޖޭގެ ވެރިރަށް މާލެއިން ދިވެއްސަކު ކޮރޯނާ ވައިރަސްއަށް ފައްސިވެ އެފަރާތާއި ކޮންޓެކްޓްވި

އިތުރު ދެފަރާތެއް މި ބައްޔަށް ފައްސިވެފައިވާތީ މި ރަށުގައި މިބަލިފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރަށަށް އަންނަ ހުރިހާފަރާތްތަކުން ރަށަށް ދުރުވުމުގެ ކުރިން 7467508 ، 9723791 ނުވަތަ 7986117 އާއި ގުޅާ މައުލޫމާތު ފޯރުކޮށްދެއްވުން އެދެމެވެ. އަދި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި މާލެ، ހުޅުމާލެ ،ވިލިމާލެ އަދި ރާއްޖޭގެ އެއްވެސް ރަށަކުން އަދި ރިޒޯޓް ނުވަތަ ސިނާއީމަސައްކަތް ކުރާ ރަށްރަށުން މިރަށަށް އައިސްފައިވާ އެންމެހާ ފަރާތްތަކުން ރަށަށް އަންނަދުވަހުން ފެށިގެން 14 ދުވަހު ގޭގައި މަޑުކުރެއްވުމަށް އިލްތިމާސްކުރަމެވެ. އަދި އެއްވެސް ބާވަތެއްގެ ދޫންޏެއް ނުވަތަ ޖަނަވާރެއް މަރުވެއްޖެނަމަ ( ވާލު ، ބުޅާ، ކާޅު ފަދަ ދޫންޏާއި ޖަނަވާރު) ރައްކާތެރިގޮތުގައި ނައްތާލުމުގެ ގޮތުން އެ އެއްޗެއް ވަޅުލެއްވުން އެދެމެވެ.

މިބަލީގެ ނުރައްކާތެރިކަން އިތުރުވެފައިވާތީ ރަށުގައި ދިރިއުޅުއްވާބޭފުޅުން ތަންތަނަށް އެއްވެ ނޫޅުމަށާއި

ޒަރޫރީ ބޭނުމެއްގައި ފިޔަވައި ގެއިން ބޭރަށް ނުދުރުވެ ގޭގައި މަޑުކޮށްދެއްވުން އެދެމެވެ. އަދި ކާބޯތަކެތި އިސްރާފްނުކުރުމަށާއި އާންމު ސާފްތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ. މުޖުތަމައުގެ ރައްކާތެރިކަމަށް ، ފަރުދީޒިންމާ ނަންގަވާ، ސިއްހީ މާހިރުންނާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ ލަފަޔާ އިރުށާދު އައްސަވާ އެގޮތަށް އަމަލުކުރެއްވުން އެދެމެވެ. އަދި ފަރުޟު އަޅުކަން އަދާކުރައްވާ މިނުރައްކާތެރި ބަލިން ރައްކާތެރިކޮށްދެއްވުން އެދި ގިނަގިނައިން ދުއާކުރުމަށް އިލްތިމާސް ކުރަމެވެ.

16 އޭޕްރިލް 2020
ހޯދާ