ރިސްކް އެލަވަންސް -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މުއްދަތު: 1 އަހަރު ދުވަސް
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ހޮސްޕިޓަލުގެ ބިދޭސީ މުވައްޒަފުންގެ ދާއިމީ އަދި ވަގުތީ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ހޮސްޕިޓަލުގެ މަސައްކަތްތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ނުލިބޭ ހާލަތްތަކުގައި ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް ބިދޭސި މުވައްޒަފުން ހޯދައި، އެ މީހުންނަށް ވަޒިފާ ދިނުމުގެ މަސައްކަތް ކުރުން.
- ކޮންޓްރެކްޓް ހަމަވާ މުވައްޒަފުން ފާހަގަކޮށް، ސިވިލް ސަރވިސްގައި ބިދޭސިންނަށް ވަޒީފާދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރުން.
- ފޮރިން ރެކްރޫޓްމަންޓްގެ މެއިލް ގަވައިދުން ޗެކް ކުރުމާއި އެކަމަކާއި ގުޅުންހުރި މުވައްޒަފުނަށް މެއިލްތައް ފުނުވުމާއި ޔުނިޓުގެ އޯލް ޔޫޒަރ ފޯލްޑަރގައި ހުންނަ އިންފޮމޭޝަން މެނޭޖް ކުރުން.
- ޔުނިޓްގެ މަސއްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ އެސް އޯ ޕީތައް ލިއުމާއި، އެޗް. އާރ. އެމް. ޑީ އާއި މެނޭޖްމަންޓުގެ އެޕްރޫވަލް ހޯދައި ތަންފީޒުކުރުން
- ބިދޭސި މުވައްޒަފުން ގެންގުޅުމުމަށް ކަނޑައެޅިފައިފާ އުސޫލްތަކާއި އެއްގޮތަށް އެންމެހައި ކަންކަން ކުރިއަން ގެންދިއުމާއި ކަމާގުޅޭފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނެގުން.
- ޔުނިޓުގެ މަސައްކަތާ ގުޅުންހުރި މެމޯ، ސިޓީ އަދި ލިޔުން ފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި އެލިޔުންތައް ގަވާއިދުން ފައިލް ކުރުމުގައި އެހީތެރިވެދިނުން.
- ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، ކޮންޓްރެކްޓް އައު ނުކުރާ ބިދޭސީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތް ކުރުމަށްފަހު އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- މީގެ އިތުރުންވެސް އެޗް.އާރް ޑިވިޜަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.
ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ސިޓީއަކުން 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 [email protected] އަށެވެ.
- މަގާމަށް އެދި ހުށަހުއްވާ ސިޓީ
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ޕާސްޕޯޓް ސައިޒްގެ ފޮޓޯ (ވައިޓް ބެކްރައުންޑް)
- ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
- މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335234 ނަންބަރު ފޯނަށެވެ.
21 ޝައުބާން 1441
14 އޭޕްރީލް 2020
|