އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮންޓްރޯލްރޫމް އެސިސްޓެންޓް

މަޤާމް :ކޮންޓްރޯލްރޫމް އެސިސްޓެންޓް
ބޭނުންވާ އަދަދު :4

ކޮންޓްރެކްޓް  އުސޫލުން މަސައްކަތްކުރާނެ ކޮންޓްރޯލް ރޫމް އެސިސްޓެންޓުން ބޭނުންވެއްޖެ 

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮންޓްރެކްޓް އުސޫލުގެ ދަށުން މަަސައްކަތްކުރާނެ ކޮންޓްރޯލް ރޫމް އެސިސްޓެންޓުން  ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:   4 (ހަތަރެއް)

މަސައްކަތްކުރަންޖެހޭ ވަގުތު:  ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 5 ދުވަހު  

ޝަރުތު:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.

މުސާރަ:       -/4465 ރުފިޔާ (މަހަކުު)

ސަރވިސް އެލަވަންސް: -/1500 ރުފިޔާ (މަހަކު)

ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުއްދަތު:    3 މަސް ދުވަސް

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އިމާރާތްތެރޭގައި ކެމެރާ ހަރުކޮށްފައިވާ ހުރިހާ ސަރަހައްދެއް ސިސްޓަމް އިން ބަލަހައްޓަމުން ދިއުން، ހާއްސަކޮށް ވަދެ ނިކުތުމަށް ކަނޑައަޅާފައިވާ ތަންތަން/ދޮރުތައް.
  • އެކްސެސް ކޮންޓްރޯލް ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި އެއްވެސް މައްސަލައެއް އުޅޭނަމަ، އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން.
  • އޭ.ސީ، ކަރަންޓު އަދި ފަޔަރ ސިސްޓަމްތައް ބަލަހައްޓަމުން ދިއުމާއި އެލާމެއް އަޅައިފިނަމަ، އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން.
  • އެއްވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކޮށް، ސުޕަވައިޒަރަށް އަންގާ، އިންސިޑެންޓް ރިޕޯޓު ތައްޔާރުކޮށް އެރިޕޯޓް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • އެލާމް ސިސްޓަމްތަކާއި ސެކިއުރިޓީ ކަންކަމާއި ގުޅިގެން އަންނަ ފޯންކޯލްތަކަށް ޖަވާބުދީ އެކަމަކަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުން.
  • ކަނޑައެޅިފައިވާ އުސޫލުން އިމާރާތްތެރޭގެ ކަންކަން ހުރިގޮތް ޗެކްކުރުމަށް އިމާރާތްތެރެ ޕެޓްރޯލް ކުރުން.
  • ކޮންޓްރޯލް ރޫމްއާއި ގުޅުންހުރި އުސޫލުތަކާއި އެސް.އޯ.ޕީތައް ތައްޔާރުކޮށް، އުސޫލު/އެސް.އީ.ޕީ ތަކަށް އަމަލުކުރާވަރު ބެލުމަށްފަހު ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
  • މަސައްކަތާއި ގުޅިގެން އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފުރިހަމަކޮށް ނިންމުން.

އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • މުއާމަލާތްކުރުމުގެ ހުނަރުލިބިފައިވުން.
  • ކޮމްޕިއުޓަރގެ މަސައްކަތްތަކަށް އަހުލުވެރިވެފައިވުން.
  • ސީ.ސީ.ޓީވީ މޮނިޓަރިންގ މަަސައްކަތްތަކަށް އަހުލުވެރިވެފައިވުން.

 ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މެއިލްއަށް މައުލޫމާތުތަކާއިއެކު  ސިޓީއަކުން 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
  5. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  6. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  7. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335234 ނަންބަރު ފޯނަށެވެ.

21 ޝައުބާން 1441

14 އޭޕްރީލް 2020

14 އޭޕްރިލް 2020
ހޯދާ