މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިޙްޔާ ފޯރަމްގެ ކޭޓަރިންނާއި، އައުޓް ރީޗް ޕްރޮގްރާމްތަކުގެ ކޭޓަރިންގ އަދި ފިތުރު ޒަކާތް ބަލައިގަންނަ އާމިލުންގެ ރޯދަ ވީއްލުން ހަމަޖައްސާނެ ފަރާތެއް ހޯދުން.

އިޢުލާން

 

1441 ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިޙްޔާ ފޯރަމްގެ ކޭޓަރިންނާއި، އައުޓް ރީޗް ޕްރޮގްރާމްތަކުގެ ކޭޓަރިންގ އަދި ފިތުރު ޒަކާތް ބަލައިގަންނަ އާމިލުންގެ ރޯދަ ވީއްލުން ހަމަޖައްސާނެ ފަރާތެއް ހޯދުން.

1441 ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިޙްޔާ ފޯރަމްގެ ކޭޓަރިންނާއި، އައުޓް ރީޗް ޕްރޮގްރާމްތަކުގެ ކޭޓަރިންގ އަދި ފިތުރު ޒަކާތް ބަލައިގަންނަ އާމިލުންގެ ރޯދަ ވީއްލުން ހަމަޖައްސާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއް ކަރުދާސް ކުރެވިފައި ވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 14 އޭޕްރިލް 2020 އިން 21 އޭޕްރިލް 2020 ގެ 09:30 އާ ހަމައަށް މި މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓަރ ކުރެވުން އެދެމެވެ. (މެއިލް ލިޔަންވާނެ ގޮތުގެ ނަމޫނާ މަޢުލޫމާތު ކަރުދާހުގެ ޖަދުވަލް 05 ގައި ބަޔާންކޮށްފައިވާނެއެވެ.(

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 އޭޕްރިލް 2020 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މީޓީންގ ރޫމް 01 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

21 ޝައުބާން 1441

14 އޭޕްރިލް 2020
ހޯދާ