މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް ދިރިއުޅުމަށް ވަޒީފާ ދޭފަރާތުން 'އެކަމަޑޭޝަން' ހަމަޖައްސައިދިނުމުގެ އުސޫލާ ބެހޭ

ޢިއުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް ދިރިއުޅުމަށް ވަޒީފާ ދޭފަރާތުން 'އެކަމަޑޭޝަން' ހަމަޖައްސައިދިނުމުގެ އުސޫލާ ބެހޭ 

މި މިނިސްޓްރީން 11 އޭޕްރީލް 2020 ދުވަހު ކޮށްފައިވާ އިޢުލާން ނަންބަރު: IUL)101-LES/1/2020/79) އަށް ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިއުލާނުގައި ލިޔުމުގެ ކުށެއް ވާތީ، މި އިއުލާނު ބާތިލްކޮށް، 'ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތައް ދިރިއުޅުމަށް ވަޒީފާ ދޭފަރާތުން 'އެކަމަޑޭޝަން' ހަމަޖައްސައިދިނުމުގައި ބަލާނެ މިންގަނޑުތަކުގެ އުސޫލު' އާއްމު ކުރަމެވެ. ވަޒީފާ ދޭފަރާތުން ބިދޭސީ މަސައްކަތްތެރީން ބައިތިއްބަން ވާނީ، މި އުސޫލު ގައިވާ މިންގަނޑުތަކަށް ފެތޭ އެކަމަޑޭޝަންތަކުގައެވެ. މި އުސޫލަށް އަމަލުކުރަން ފެށޭނީ މި އުސޫލު އިއުލާން ކުރެވޭ ދުވަހުން ފެށިގެން 6 މަސް ދުވަސް ފަހުން (13 އޮކްޓޫބަރު 2020) ކަމުގައި ވެސް ދަންނަވަމެވެ. އަދި މި އުސޫލުގައިވާ މިންގަނޑުތަކާ އެއްގޮތަށް ނުހުންނަ އެކަމަޑޭޝަން ފެސިލިޓީތަކުގައި ބައިތިއްބާ ފަރާތްތަކާމެދު މި އުސޫލުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެކަމުގައި ވެސް ދަންނަވައި މިކަން އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.

14 އޭޕްރިލް 2020
ހޯދާ