އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
14 އެޕްރީލް 2020 ން ފެށިގެން މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަނުގެ ޚިދުމަތް ދިނުމާއި ގުޅޭ

އިޢުލާން

        ދިވެހިރާއްޖޭގައި ކޮވިޑް 19 ބަލިމަޑުކަމާއި ގުޅިގެން 19 މާރިޗު 2020 އިން ފެށިގެން ސަރުކާރު އޮފީސްތައް ނުހުޅުވާގޮތަށް ސަރުކާރުން ހަމަޖައްސާފައިވާތީ، މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަނުން ދެމުންދާ ޚިދުމަތްތައް ދިނުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް 14 އެޕްރީލް 2020 އިން ފެށިގެން މި އިދާރާއިން ޓްރާންސްޕޯޓްގެ ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމުގައި ދެންނެވީމެވެ.

       ވީމާ ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވޭނީ ކޮންމެ ހަފްތާއަކު އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު 09:00 އިން 12:00 އަށް ކަމުގައި ދެންނެވީމެވެ.

20 ޝަޢުބާން 1441ހ. 

13 އޭޕްރިލް 2020
ހޯދާ