ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
2 ލިފްޓް ނީލަން ކިޔުން

ނަންބަރ:  37/2020-R  

 

އިޢުލާން

 

މި ކުންފުނީގެ މި ދަންނަވާ ތަކެތި ވިއްކާލަން ބޭނުންވެއެވެ.

2 ލިފްޓް ( މިހާރުވެސް ބޭނުން ކުރަމުންދާ / ބްރޭންޑް: މިޓްސުބިޝީ / ކެޕޭސިޓީ: 450kg)

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 14 އޭޕްރިލް 2020 ވާ އަންގާރަ ދުވަހުގެ 13:30 ށް މި ކުންފުންޏަށް ވަޑައިގެން މި ލިފްޓް ބައްލަވާ، މައުލޫމާތު ސާފު ކުރެއްވުމަށް އެދެމެވެ. އަދި ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 16 އޭޕްރިލް 2020 ވާ  ބުރާސްފަތި ދުވަހުގެ 13:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މި ތަކެތި ވިއްކާލެވޭނީ އެކަށީގެންވާ އަގެއް ހުށަހަޅާފައިވާނަމައެވެ. އަދި މިތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީއަގު ހުށަހަޅުއްވާ ފަރާތަކަށް އެކަން  އަންގާތާ 2 ދުވަސް ތެރޭގައި ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ވިއްކާލުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

މި 2 ލިފްޓް ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުވުން އެދެމެވެ.

12 އޭޕްރިލް 2020
ހޯދާ