މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިނަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ގުޅޭ އިއުލާން

 

މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް

މާލެ، ދިވެހިރާއްޖެ.

ނަންބަރ:IUL)25-C1/25/2020/30)

އިޢުލާން

 

ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިނަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ގުޅޭ

 

ކޮވިޑް-19 އާއި ގުޅިގެން ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 11 އޭޕްރީލް 2020 ވަނަ ދުވަހު ތިރިވަނަންތަޕޫރަމް އަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

 

މިގޮތުން، ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، މި ޢިއުލާނާ އެކުގައިވާ އުސޫލާއި އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. އަދި މިފަހަރު ފުރުސަތު ދެވޭނީ، ފޯމް ހުށަހަޅުއްވާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމް ހުށަހަޅުއްވާ 600 ފަރާތަށެވެ.  

 

ވެބްސައިޓް ލިންކް: /https://www.foreign.gov.mv/index.php/en

 

އަދި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 10 އެޕްރީލް 2020 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިންމެންދުރު 11:00 އަށް އަދި މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށެވެ.

 

ތިރިވަނަންތަޕޫރަމް އާއި ކޮޗިންއަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996  އަދި 3023943  އާއ ގުޅުއްވުން އެދެމެވެ.

 

              15 ޝަޢުބާން 1441

              9 އެޕްރީލް 2020

09 އޭޕްރިލް 2020
ހޯދާ