މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީން ދެމުންގެންދާ ޢިމާރާތްކުރުމުގެ ދާއިރާ އާ ގުޅޭ ޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ އުޞޫލު

ދިވެހިރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވުމާއެކު މި މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވަލޮޕްމަންޓް ޑިޕާޓްމަންޓުން ދެމުންގެންދާ ޙިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ދައްޗެއް ދިމާވެދާނެ ކަމުގައިވާތީ، 5 އޭޕުރިލު 2020 ވާ (އާދިއްތަ) ދުވަހުން ފެށިގެން މި ޑިޕާޓްމަންޓުގެ ޙިދުމަތްތައް ހޯއްދަވަން އެދޭ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އީ-މެއިލް މެދުވެރިކޮށް ލިޔެކިއުންތައް ހުށަހެޅޭނޭ އިންތިޒާމު ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި ތާރީޚުން ފެށިގެން މި މިނިސްޓްރީއަށް ކޮންމެހެން ހުށަހަޅަން ޖެހޭ ލިޔެކިއުން (ތާވަލުގައި ބަޔާންކޮށްފައިވާ ލިޔެކިއުން ނުވަތަ އެހެނިހެން ލިޔެކިއުން) ހުށަހެޅުމަށްޓަކައި މިނިސްޓްރީގެ ގޯތިތެރޭގައި ޑޮރޮޕްބޮކްސްއެއް ބަހައްޓާފައި ހުންނާނެއެވެ. ޑްރޮޕްބޮކްސް އަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އާ ދޭތެރޭގައެވެ. ޑްރޮޕްބޮކްސް އަށް ހުށަހަޅާ ތަކެތި ހުށަހަޅަންވާނީ އީ-މެއިލް ކުރުމަށްފަހު، މި ލިޔުމުގައިވާ ފަދައިން ލޭބަލްކުރުމަށްފަހުގައެވެ.

ލިޔެކިއުމުގެ ބާވަތް

މިކަމާ ގުޅިގެން ހުށަހަޅާނެ / މަޢުލޫމާތު ހޯދުމަށް އީ-މެއިލް ކުރާނެ އެޑްރެސް

ލިޔެކިޔުންތައް ހުށަހަޅަންޖެހޭ ގޮތް

ޑްރޮޕްބޮކްސްއަށް ހާޑްކޮޕީ ހުށަހެޅުމުގައި ބޭނުންކުރަންވީ ލޭބަލް

އީމެއިލް/ ސޮފްޓްކޮޕީ

ޑްރޮޕްބޮކްސް /ހާޑްކޮޕީ

1. (ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން) ކައުންސިލްތަކުން ހުށަހަޅާ ފާސްކޮށްފައިވާ ކުރެހުންތައް ހުށަހެޅުމަށް

[email protected]

 

 

 

ހުށަހަޅަންޖެހޭ

ހުށަހަޅަންޖެހޭ      

ސީއައިޑީ ޑްރޮވިންގްސް އެންޑް ޑޮކިއުމަންޓްސް - ސާމްޕަލް 1

2. ފައުންޑޭޝަން ސިސްޓަމް އެޕްރޫވް ކުރުމަށް ހުށަހަޅާ ލިޔެކިއުން

[email protected]

 

ހުށަހަޅަންޖެހޭ

ހުށަހަޅަންޖެހޭ      

ސީއައިޑީ ފައުންޑޭޝަން ސިސްޓަމް - ސާމްޕަލް 1

3. ޤަވާއިދުގެ ދަށުން ޢިމާރާތްކުރުމާއި ގުޅޭ ތަކެތި އެތެރެކުރާ އަދި އުފައްދާތަކެތީގެ މެޓީރިއަލް އެޕްރޫވަލްއަށް ހުށަހަޅާ ލިޔެކިޔުންތައް

 

[email protected]

 

 

ހުށަހަޅަންޖެހޭ

ހުށަހަޅަންޖެހޭ      

ސީއައިޑީ މެޓީރިއަލް އެޕްރޫވަލް - ސާމްޕަލް 2

4. ކޮންޓްރެކްޓާރ ރަޖިސްޓްރޭޝަން،

ކޮންސަލްޓަންޓް ރަޖިސްޓްރޭޝަން، އާއި ގުޅޭ ލިޔެކިޔުންތައް

[email protected]

 

 

ހުށަހަޅަންޖެހޭ

ހުށަހަޅަންޖެހޭ      

ސިއައިޑީ ރަޖިސްޓްރޭޝަން –

ސާމްޕަލް 3

5. ޕްރެކްޓިޝަނާރ ރަޖިސްޓްރޭޝަން،

ލެބް ރަޖިސްޓްރޭޝަން،

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް،

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި ގުޅޭ ލިޔެކިޔުންތައް

[email protected]

 

 

 

 

 

ހުށަހަޅަންޖެހޭ

ހުށަހަޅަންޖެހޭ      

ސިއައިޑީ ރަޖިސްޓްރޭޝަން –

ސާމްޕަލް 3

6. ޢިމާރާތްކުރުމުގެ ޤާނޫނު ނުވަތަ ޢިމާރާތްކުރުމާ ގުޅޭ ގަވާއިދު / ސްޓޭންޑަރޑް/ ބިލްޑިންގ ކޯޑު / އުޞޫލާ ގުޅޭގޮތުން

[email protected]

 

 

ހުށަހަޅަންޖެހޭ    

 

ސީއައިޑީ ލެގިސްލޭޓިވް  -  

ސާމްޕަލް 4

7. ޢިމާރާތްކުރުމުގެ ޤާނޫނާ ގުޅިގެން އެކި ފަރާތްތަކާމެދު ހުށަހަޅާ މައްސަލަ / ނުރައްކާތެރި ޢިމާރާތްތަކާ ގުޅޭ މައްސަލަތައް ހުށަހެޅުން

[email protected]

 

ހުށަހަޅަންޖެހޭ      

 

ސީއައިޑީ މޮނިޓަރިންގ –

ސާމްޕަލް 5

8. ޢިމާރާތްކުރުމުގެ ޤާނޫނާ ގުޅޭ ނުވަތަ ސީ.އައި.ޑީ.ޑީ. އާ ގުޅޭ އެހެނިހެން (މިސާލު : ކޮންސްޓްރްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ނުވަތަ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރާތުން މަޢުލޫމާތެއް ބޭނުންވެގެން)

[email protected]

 

 

ހުށަހަޅަންޖެހޭ        

 

ސީ.އައި.ޑީ.ޑީ. އެހެނިހެން –

ސާމްޕަލް 1

 

އޮންލައިންކޮށް ހުށަހަޅާ ތަކެތި:

  • 10 އެމް.ބީ. އަށް ވުރެ ކުޑަ ފައިލްއެއްނަމަ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުން ނުވަތަ ގޫގްލްޑްރައިވްގައި ފޯލްޑަރެއް ހެދުމަށްފަހު ފޯލްޑަރ ޝެއަރ ކުރުން އަދި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންޖެހޭނަމަ (ތާވަލުގައި ފާހަގަކޮށްފައިވާ ޙާލަތްތަކުގައި) ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު ޑްރޮޕްބޮކްސްއަށް ހުށަހެޅުން
  • 10 އެމް.ބީ. އަށްވުރެ ބޮޑު ފައިލްއެއްނަމަ ގޫގްލްޑްރައިވްގައި ފޯލްޑަރެއް ހެދުމަށްފަހު ފޯލްޑަރ ޝެއަރ ކުރުން ނުވަތަ ސޮފްޓް ޕެންޑްރައިވެއްގައި ނުވަތަ ސީޑީއެއްގައި ހާޑްކޮޕީއާއެކު ޑްރޮޕް ބޮކްސް އަށް ހުށަހެޅުން
  • ސޮފްޓް ކޮޕީ އީ-މެއިލް ނުވަތަ ގޫގްލް ޑްރައިވް މެދުވެރިކޮށް ސޮފްޓްކޮޕީ ހުށަހަޅާ ނަމަ ޑްރޮޕްބޮކްސް އަށް  ލިޔެކިއުމުގެ ހާޑްކޮޕީ ހުށަހެޅުމުގެ ކުރިން އީ-މެއިލް ކުރުން.

 

ޑްރޮޕްބޮކްސްއަށް ހުށަހަޅާ ތަކެތި:

ޑްރޮޕްބޮކްސް އަށް ހުށަހަޅާ ތަކެތި ހުންނަންވާނީ ކަވަރ ޝީޓެއް އެޓޭޗްކޮށް  A4/A3 ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރަ ލޭބަލްކުރަންވީގޮތް  ތާވަލުގައި ބަޔާންކޮށްފައި އެވަނީއެވެ.

ޑްރޮޕްބޮކްސް މެދުވެރިކޮށް ތަކެތި ހުށަހަޅާ ނަމޫނާ ސްލިޕް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

05 އޭޕްރިލް 2020
ހޯދާ