ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮޗަރ

މަޤާމް:  ވޮޗަރ

ބޭނުންވާ އަދަދު: 03

މަޤާމުގެ ގިންތި:  (ވޭޖް އެމްޕްލޯއިމެންޓް)

މަޤާމުގެ ރޭންކް:  އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ

މުސާރަ:  1,000.00

ސަރވިސް އެލެވަންސް:  1,500.00

އެޓެންޑެންސް އެލެވަންސް: 1,500.00

ރިސްކް އެލެވަންސް: 2,000.00

(ހަމަޖެހިފައިވާ އުސޫލުން ޕެންޝަން ކޮންޓްރެބިއުޝަން)

  

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކައުންސިލް އިދާރާގެ އިމާރާތާއި، ކައުންސިލް އިދާރާގެ ހޯލްގައިވާ އެންމެހައި މުދަލެއް ފާރަވެރިކަމާއެކު ބެލެހެއްޓުން.
  2. ކައުންސިލް އިދާރާގެ ވަށައިގެންވާ މަގުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން (ކައުންސިލް އިދާރާއާއިވީ ހިސާބް)
  3. ހަފްތާއެއްގައި ހަތް ދުވަހު ކައުންސިލް އިދާރާގައި 8 ގަޑިއިރު ޑިއުޓީ ކުރުން.
  4. ކޮންމެ ދުވަހެއްގެ ހަވީރު ކައުންސިލް އިދާރާގެ ވަށައިގެންވާ މަގުތަކަށް ފެންޖެހުން.
  5. ކޮންމެ ދުވަހެއްގެ ހަވީރު ކައުންސިލް އިދާރާގެ ހޯލްތެރޭގައިވާ ގަސްގަހަށް ފެންދިނުން.

 

 

 މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން.
  2. އުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
  3. މަޤާމްގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި މީހެއްކަމުގައިވުން.
  4. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އަދި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ؛
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން

(ހ) ލިބިފައިވާ ތަޢުލީމް ( ކަނޑައެޅިފައިވާ އިންސައްތަ:21%)

(ށ) މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން: ( ކަނޑައެޅިފައިވާ އިންސައްތަ:5%)

  1. މަސައްކަތު ތަޖުރިބާ

(ހ) މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ:( ކަނޑައެޅިފައިވާ އިންސައްތަ:26%)

  1. ލިބިފައިވާ ހުނަރު

(ހ) އިންޓަވިއު / ޕްރެކްޓިކަލްސް : ( ކަނޑައެޅިފައިވާ އިންސައްތަ:48%)

މަޤާމަށް އައްޔަން ކުރެވޭނީ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ މަދުވެގެން35%  އިންސައްތަ އަށް ވުރެ މަތިނަމައެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 އެޕްރީލް  04 ވަނަ ދުވަހުން ފެށިގެން 2020 އެޕްރީލް 12 ވަނަ ދުވަހާއި ހަމައަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] އަދި ފެކްސް 6820019 މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ. އަދި އިސްވެ ދެންނެވުނު ގަޑިތަކުގައި ފޯމް ދޫކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް ބޭނުންވާ އަދަދަށް ނުވަތަ އެއައްވުރެ މަދުން ހުށަހަޅައިފިނަމަ އިންޓަވިއުއަކާއި ނުލައި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. އަދި އެއަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ އިޢުލާނުގައި މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ވަޒީފާއަށް މީހުން ނެގުމަށް އިންޓަވިއު  ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގައެވެ. އަދި 01 ދުވަސް ކުރިން އިންޓަވިއު އޮންނަ ތަނާއި، ގަޑި އަންގާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ  ޝަރުތުހަމަވާ، ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި، ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 05 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް: ފޯން: 6820019 | ފެކްސް ނަމްބަރ: 6820019 | އީމެއިލް: [email protected]

03 އޭޕްރިލް 2020
ހޯދާ