ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑޫދޫއިން ދަރު، ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުން ވަގުތީގޮތުން މަނާކުރުން

އިޢުލާން

ކަނޑޫދޫއިން ދަރު، ފަން އަދި ބޮނބީގެ ބާވަތްތައް ބޭރުކުރުން ވަގުތީގޮތުން މަނާކުރުން

                   ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފިޔަވަޅެއްގެ ގޮތުން މިރަށުން ދަރު، ފަން އަދި ބޮނބި ބޭރުކުރުން ހުއްޓާލުމަށް އަޑުގަދަކުރާއިން އިޢުލާނުކޮށްފައިވީނަމަވެސް ހުއްޓާނުލައި ދަރާ، ބޮނބި ބޭރުކުރަމުންދާތީ މިކަންހުއްޓުވުމަށް 30 މާޗް 2020 ގައި ކައުންސިލްގެ 3 ވަނަ ދައުރުގެ 91 ވަނަ އާންމު ބައްދަލްވުމުގައި ނިންމާފައިވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެއް މިރަށުން ދަރު، ފަން އަދި ބޮނބި ބޭރުކުރުން މަނާކުރުމަށެވެ. އަދި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ހަފުތާއަކު ވަކި ދުވަސްތަކެއްގައި ދަރު، ފަން އަދި ބޮނބި ބޭރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުން ގަވާއިދުން ހުއްދަހޯދައިގެން ދަރު، ފަން އަދި ބޮނބިބޭރުކުރުމުގެ ހުއްދަދިނުމަށް ކައުންސިލުން ނިންމާފައިވެއެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 08 ޝަޢުބާން 1441

01 އޭޕްރިލް 2020
ހޯދާ