މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުން

އިޢުލާން

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދިނުން  

                  ދިވެހި ރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓުރޯކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ގާނޫނު ގެ ދަށުން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާން ކޮށްފައިވާތީ ދަންނަވަމެވެ.

                  01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރު ކޮށްދީފީމެވެ. މި ގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށް ފަހު އުޅަނދު ފަހަރުގެ ދަތުރަށް ފެށުމަށް އިލްތިމާސް ކުރީމެވެ.

                  އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 12 މާރިޗު 2020 ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 ޖުލައި 2020 ގެ ކުރިން ސަލާމަތީ ސެޓްފިކެޓް ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ އެ އުޅަނދެއް ޖޫރިމަނާ ނުކުރާ ގޮތަށްވެސް ކަނޑައަޅައިފީމެވެ.  

      އަދި ދަންނަވަމަވެ.  ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވީނަމަވެސް އެ ލައިސަންސްގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރުކޮށްދީފީމެވެ. 

30 މާރިޗު 2020
ހޯދާ