މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ޚިދުމަތާ ބެހޭ

ޢިއުލާން

ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ޚިދުމަތާ ބެހޭ

 

 2020 މާރިޗް 19 އިން 2020 މާރިޗް 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން، މި މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލެވިފައެވެ. އެހެންނަމަވެސް، މި ދަނޑިވަޅުގައި ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) ގެ މުއްދަތު ހަމަވެއްޖެނަމަ، އެކަމުގައި ދަތިތައް ކުރިމަތިވާނެތީ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ޚިދުމަތް 2020 މާރިޗް 22 ވަނަ ދުވަހުން ފެށިގެން 2020 މާރިޗް 26 ވަނަ ދުވަހުގެ ނިއަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް 'ކޯޓާ އެކްސްޓެންޝަން' އަދި 'އެމްޕްލޯއިމަންޓް އެޕްރޫވަލް އެކްސްޓެންޝަން' އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.

‏27‏ ރަޖަބް‏ 1441

21 މާރިޗު 2020
ހޯދާ