މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
19 މާރޗް 2020 ދުވަހުން ފެށިގެން 26 މާރޗް 2020 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން އާންމު ޚިދުމަތްތަކާ ބެހޭ ބައި ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތަކާ ބެހޭ

އިޢުލާން

 19 މާރޗް 2020 ދުވަހުން ފެށިގެން 26 މާރޗް 2020 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވުމާ ގުޅިގެން  އާންމު ޚިދުމަތްތަކާ ބެހޭ ބައި ރައްޔިތުންނަށް ދެމުންގެންދާ ޙިދުމަތްތަކާ ބެހޭ    

 

          19 މާރޗް 2020 ވަނަ ދުވަހުން ފެށިގެން 26 މާރޗްގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުހޫރިއްޔާގެ ކެބިނެޓުން ނިއްމަވާފައިވާތީ ، މިދުވަސްތަކުގައި އާއްމު ޚިދުމަތްތަކާ ބެހޭބައިން  ދޫކުރާ މަގު ބަންދު ކުރުމުގެ ހުއްދަ އާއި މަގުމަތީ މަސައްކަތް ކުރުމުގެ ބޯޑު ދޫކުރުމާއި ބަލައިގަތުން ތިރީގައި ދެންނެވިފައިވާ ތާވަލާ އެއްގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

  •     19، 20 އަދި 21 މާރިޗް 2020 މި 3 ދުވަހުގެ ހުއްދަތައް ދޫކުރުން  19 މާރިޗް 2020 ވަނަ ދުވަހު 08:00 ން 12:00 އަށް.
  •     22، 23 އަދި 24 މާރިޗް 2020 މި 3 ދުވަހުގެ ހުއްދަތައް ދޫކުރުން 22 މާރިޗް 2020 ވަނަ ދުވަހުގެ 08:00 ން 12:00 އަށް.
  •     25، 26، 27 އަދި 28 މާރިޗް 2020 މި 4 ދުވަހުގެ ހުއްދަތައް ދޫކުރުން 25 މާރިޗް 2020 ވަނަ ދުވަހުގެ 08:00 ން 12:00 އަށް.

              އަދި ދަންނަވަމެވެ. މަތީގައިވާ ހުއްދަތަކަށް ބޯޑު ދޫކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ދުވަހުގެ ރޭގަނޑު 20:00 ން 22:00 އަށެވެ. މަސައްކަތް ކުރުމަށް ގެންދަވާ ބޯޑްތައް ޖެހިގެން އަންނަ ދުވަހުގެ ހެދުނު 08:00 ން 12:00 އަށް ބަލައިގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ މިކަން އަންގާ އިޢުލާން ކުރީމެވެ.

18 މާރިޗު 2020
ހޯދާ