ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާރިޗު މަހުގެ 19 އިން 26 އަށް ސެކިއުރިޓީޒް ގަނެވިއްކުމުގެ މުޢާމަލާތުގެ ޚިދުމަތް ފޯރުކޮށްދިނުމާބެހޭ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން މި މާރިޗު މަހުގެ 19 އިން 26 އަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި،  ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި ގޮތުން  މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ މި ދުވަސްތަކުގައި (19، 23 އަދި 26 މާރިޗު 2020)، މި އޮތޯރިޓީން ލައިސަންސްދީފައިވާ ތިރިގައިއެވާ ކުންފުނިތަކުން ސެކިއުރިޓީޒް ގަނެވިއްކުމާގުޅޭ ޚިދުމަތްތައް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • އާރިޔާ ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)
  • ސްޓޮކް ބްރޯކަރސް ޕްރައިވެޓް ލިމިޓެޑް (ޑީލިންގ ކުންފުނި)
18 މާރިޗު 2020
ހޯދާ