މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ

މި އިޢުލާންވަނީ 27 ސެޕްޓެންބަރު 2020 1130 ގައި ބާތިލް ކުރެވިފައެވެ.


                    އިޢުލާން

މި މިނިސްޓްރީއިން 25 ފެބުރުވަރީ 2020 ގައި ޝާޢިއުކުރި ނަންބަރު:IUL)141-HR/141/2020/142) (ޕްރޮޖެކްޓް ކޯޑިނޭޓަރ)  އިޢުލާން ބާޠިލްކޮށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.

މަޤާމު:  ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:  1

މަޤާމުގެ ގިންތި: ކޮންޓްރެކްޓް        

ސެކްޝަން:  ޕްރޮޖެކްޓް ޑިޕާޓްމަންޓް

މުސާރަ: މަހަކު: 8,000 ރުފިޔާ

މަސައްކަތުގެ މުއްދަތު:  1 އަހަރު (މީލާދީ)

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު މަދުވެގެން 8 ގަޑިއިރު (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް

 ޝަރުތު

1.  ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމެންޓް / ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

2.  ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމެންޓް / ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ

 1. މިނިސްޓްރީން ކުރިއަށްގެންދާ ފުޓްބޯޅަދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެވޯޑުކުރުމުން، ކޮންޓްރެކްޓް ތައްޔާރުކޮށް މަޝްރޫޢާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން.
 2. މަޝްރޫޢަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
 3. މަޝްރޫޢުގެ ސައިޓް ހަވާލުކުރުމާއި މަސައްކަތާއި ގުޅިގެން ކައުންސިލާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ދެމެދު ކުރަންޖެހޭ މުއާމަލާތުތައް ކުރުން.
 4. މަޝްރޫޢު ކުރިއަށްގެންދާ ގޮތް ބެލުމަށް ސައިޓްތަކަށް ދަތުރުކުރުމާއި، ސައިޓް އިންސްޕެކްޝަނަށްފަހު ރިޕޯޓު ތައްޔާރުކޮށް، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ފިޔަވަޅު އެޅުން.
 5. މަޝްރޫޢުތައް ކޮންޓްރެކްޓްގައިވާ ޓައިމްލައިނާއި އެއްގޮތަށް ކުރިއަށްދޭތޯ ބަލައި، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
 6. މަޝްރޫޢާއި ގުޅޭ ސްޓޭޓަސް ރިޕޯޓު ގަވާއިދުން ތައްޔާރުކުރުން.
 7. މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާއިރު، ދިމާވާ ކަންކަން ހައްލުކޮށް އެކަންކަމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
 8. މަޝްރޫޢުގެ މަސައްކަތް ނިންމުމަށްފަހު ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތް ކަން މި ސިޓީގައި ހިމަނަންވާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 4. ލިބިފައިވާ ހުރިހާ ތަޢުލީމީ/ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،  ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)  އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި   ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ  ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 1. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ޕްރޮޖެކްޓްތަކާއި  ގުޅުންހުރި ޕްރޮގްރާމްތައް ރާވާ، ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
 2. ކައުންސިލްތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން
 3. އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަވުން.
 4. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
 5. ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.

 ޕްރޮޖެކްޓް ކޯޑިނޭޓަރއެއް ޢައްޔަން ކުރުމުގައި މާރކްސް ދޭނެ ކްރައިޓީރިއަރ.

ތަޢުލީމާއި/ ތަމްރީން             %60

އިންޓަރވިއު                  % 40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ އަދި ލިޔުންތައް ހުށަހަޅާނީ 06 އޭޕްރީލް 2020 ވާ ހޯމަ ދުވަހުގެ13:00  ގެ ކުރިން، މި މިނިސްޓްރީގެ(މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވެލާނާ ބިލްޑިން 3 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ. މި މުއްދަތުގެފަހުން މި އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާ އެއްވެސް ލިޔުމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަރވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 07 އޭޕްރީލް 2020 އާއި 30 އޭޕްރީލް 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ 3347465 ނަންބަރު ފޯނަށެވެ.

18 މާރިޗު 2020
ހޯދާ