ދިވެހިރާއްޖެ
ދެންނެވުން
"ކޮވިޑް-19" އާއި ގުޅިގެން މިނިސްޓްރީއިން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ( ކޮވިޑް-19 ) އާއި ގުޅިގެން މިނިސްޓްރީއަށް ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތައް ވީހާވެސް މަދުކުރުމުގެ ގޮތުން މިއަދުން ފެށިގެން މިނިސްޓްރީއަށް އާންމު ފަރާތްތަކުންނާއި ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔެކިޔުންތައް ތިރީގައި މިދަންނަވާ މެއިލަށް ފޮނުއްވުމަށް އެދޭ ވާހަކަ ދަންނަވަމެވެ.
މަދަނީ ޖަމްޢިއްޔާތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް: [email protected]
ކުލަބު ޖަމްޢިއްޔާތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް : [email protected]
އެހެނިހެން ލިޔެކިޔުންތައް: [email protected]
އަދި ދަންނަވަމެވެ. މިމިނިސްޓްރީގެ އެއްވެސް ޚިދުމަތަކާ ގުޅޭގޮތުން މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ ތިރީގައިވާ މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރާ ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ހޮޓްލައިން: 7905784
މިހެންވެ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.