މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން ފަސްކުރުން

                       އިޢުލާން

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ( ކޮވިޑް-19 ) ގެ ނުރައްކާ މުޅި ދުނިޔެއަށް ކަރަމުންދާ ދަނޑިވަޅެއްގައި ދިވެހި ރާއްޖެއިންވެސް މިކަމަށް ރައްކާތެރިވުމުގެ ގޮތުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.  މިކަމާ ގުޅިގެން  ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާ ލިބިދޭ ބާރުތަކުގެތެރެއިން އަންނަނިވި ނިންމުންތައް ނިންމައިފީމެވެ.

1)  ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ކުއްލި ޙާލަތު ނިމެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފީމެވެ. 

2)  17 މާރިޗު 2020 ގެ ފަހުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތަކުގެ މުއްދަތު ކުއްލި ޙާލަތުގެ ނިމެންދެން މުއްދަތެއް ނެތްގޮތަށް އިތުރު ކޮށްދީފީމެވެ. 

   ސަރުކާރުން ނިންމާފައިވާ ކުއްލި ޙާލަތު ނިމި ޢާންމު ހާލަތަށް ބަދަލުވުމުން 45 ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓް އަދި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދުވަސްވަރު މުއްދަތު ހަމަވާ ހިންގާ ކޮމެޓީތައް ހޮވުމަށް ފުރުސަތު ދެވޭނެ ވާހަކަ ދެންނެވީމެވެ.  

   މި މުއްދަތުގެ ތެރޭގައި ގިނަމީހުން އެއްތަނަކަށް އެއްވެ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތައްވެސް މަޑުޖައްސާލުމަށް ދަންނަވަމެވެ.  އަދި މި މުއްދަތުގެ ތެރޭގައި ޖަމްޢިއްޔާތަކުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅާނަމަ [email protected] އަށް އީ-މެއިލްކޮށްދެއްވުން އެދެމެވެ.  

17 މާރިޗު 2020
ހޯދާ