މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރައްވާނެ ދިވެހި ޙާފިޡުންނާއި ރާއްޖެއިން ބޭރުގެ ޙާފިޡުން ހޯދުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

އިޢުލާން

އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރައްވާނެ ދިވެހި ޙާފިޡުންނާއި ރާއްޖެއިން ބޭރުގެ ޙާފިޡުން ހޯދުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

 

1441 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރެއްވުމަށް ރާއްޖެއިން ބޭރުގެ ޙާފިޡުން ހޯދުމަށް މި މިނިސްޓްރީގެ ނަންބަރު (IUL)142-B1/1/2020/10  (17 ފެބްރުއަރީ 2020) އިޢުލާނާއި އަދި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރެއްވުމަށް ދިވެހި ޙާފިޡުން ހޯދުމަށް ކުރި ނަންބަރު (IUL)142-B1/1/2020/11 (17 ފެބްރުއަރީ 2020) އިޢުލާނާ ޙަވާލާދީ ދަންނަވެމެވެ.

 

              1441 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖޭގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާނެ ދިވެހި ޙާފިޡުންނާއި ރާއްޖެއިން  ބޭރުގެ ޙާފިޡުން ހޯދުމަށް މި މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގެ މުއްދަތު 2020 މާރިޗު 31 ވަނަ ދުވަހުގެ 14.00 އަށް އިތުރު ކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

 

      ވީމާ މާލެ ސިޓީފިޔަވައި އެހެން ސިޓީ ކައުންސިލްތަކުގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އިން ފޯމާއި އެހެނިހެން ލިޔުންތައް ފުރިހަމަކުރައްވައި 2020 މާރިޗު 31 ވަނަދުވަހުގެ 14.00 މި މިނިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

   އަދި "އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު" ކައުންސިލްގެ އިދާރާ ތަކުންނާއި މި މިނިސްޓްރީގެ ކައުންޓަރުންނާއި އަދި ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

    

23 ރަޖަބު 1441

18 މާރިޗު 2020

 

18 މާރިޗު 2020
ހޯދާ