މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ސިޓީއާއި ތަކެތި ބަލައިގަތުން

          ދުނިޔޭގައި ހަލުވި ކަމާއިއެކު މިހާރު ފެތުރެމުންދާ  Covid-19 އިން ރައްކާތެރި ވުމުގެ ގޮތުން 18 މާރިޗް 2020 ވާ ( ބުދަ ) ދުވަހުން ފެށިގެން، މި މިނިސްޓްރީގެ ރިސެޕްޝަނުން ސިޓީއާއި، ބިލް ފަދަ ތަކެތި ބަލައިގަތުން ހުއްޓާލެވޭނެއެވެ. ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން މި މިނިސްޓްރީއަށް ފޮނުވާ ލިޔެކިއުންތަކާއި ކާޑު ފަދަ ތަކެތި ބަލައި ގަންނާނީ މި މިނިސްޓްރީގެ [email protected] މެއިލް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ. އަދި މި މިނިސްޓްރީއިން އެއްވެސް މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އޮޕަރޭޓަރ ނަންބަރު 3323262 އަށް ގުޅުއްވުން އެދެމެވެ.

          ވީމާ، ރާއްޖޭގައި އިޢުލާން ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންދެން މި މިނިސްޓްރީއަށް ތަކެތި ބަލައި ގަންނާނީ މަތީގައި ދެންނެވިފައިވާ އީމެއިލް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ. އަދި މި މިނިސްޓްރީގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި މި ދަނޑިވަޅުގައި ގެނެވޭ ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މި ފުރުޞަތުގައި މަޢާފަށް އެދެމެވެ.

17 މާރިޗު 2020
ހޯދާ