މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީ އައި އޭ ހެދުން ( ޕިކްނިކް އައިލެންޑް، ހާރޓް އައިލެންޑް ) އާއި ގުޅޭ

އިޢުލާން

EIA ހެދުން (ޕިކްނިކް އައިލެންޑް ،ހާރޓް އައިލެންޑް) އާއި ގުޅޭ

          މި އިދާރާއިން ކުރެވުނު ނަންބަރު(IUL)335/335/2020/19 3 މާރޗް 2020 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

          ޕިކްނިކް އައިލެންޑް އަދި ހާރޓް އައިލެންޑެއް (ސޭންޑް ބޭންކް) ހެދުމަށް EIA ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

           ވީމާ، EIA ހައްދަވައިދެއްވުމަށް ޝައުގުވެރިވެއްލައްވާ ފަރާތްތަކުން މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި މަޢުލޫމާތު ޝީޓްގައިވާ ގޮތުގެމަތިން އަންދަސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. އަންދާސީ ހިސާބު ކެނޑުން އޮންނާނީ 26 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މި ކައުންސިލް ގައެވެ.

          ގަޑީގެ ކުރިންނާއި ފަހުން ހުށަހަޅާއަންދާސީ ހިސާބުތައް ބަލއިގަތުމުގެ ފުރުސަތު ދެވެންނޯންނާނެވާހަކަ ދެންނެވީމެވެ.

17 މާރިޗު 2020
ހޯދާ