މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.އަތޮޅު ކައުންސިލް އިދާރާއަށް ފައިބަރގުލާސް ލޯންޗެއް ބަނުން

މިއިދާރާއަށް 38 ޕްލަސް ފައިބަރގްލާސް ސްޕީޑް ލޯންޗެއް ބަންނަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން 16 މާރޗް 2020 އިން 19 މާރޗް 2020 އަށް ރަޖިސްޓްރީވުމަށް 6720600 ނަންބަރ ނުވަތަ 7612483 ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސަދެވޭނެއެވެ.

މި މަސައްކަތާއިބެހޭ އެންމެހާ ލިޔުންތައް 2020 މާރޗް 22 އިން ފެށިގެން މިއިދާރާގެ ވެބްސައިޓް meem.gov.mv އިން ޑައުންލޯޑް ކުރެވެންހުންނާނެއެވެ. އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 15000.00ރ (ފަނަރަހާސް ރުފިޔާ) (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅަންވާނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަހެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 މާރޗް 22 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށްވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 މާރޗް 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

16 މާރިޗު 2020
ހޯދާ