ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކުނި އުކައިދޭނެ ފަރާތެއް ހޯދުން

ކުނި އުކައިދޭނެ ފަރާތެއް ހޯދުން

މިސުކޫލުގެކުނީގެ ގޮތުގައި އުކާލަންޖެހޭ ތަކެތި ތިރީގައިވާ ގޮތަށް ގޮޑަށް އުކާލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. މަދުވެގެން ދުވާލަކު 1 ފަހަރު ކުނިއުކާލުން
  2. މި ސްކޫލުން ކަނޑައަޅާ ގަޑިތަކެއްގައި ކުނި އުކާލުން
  3. ކުނި އުކާލަންޖެހޭނީ ރަށު ކައުންސިލުން ކުނިއުކުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 25 މާރޗް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ ހަމަ އެގަޑީގައި (25 މާރޗް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:05 ގައި) އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. މިބައްދަލުވުމުގައި އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6780095 އާއި ގުޅުއްވުން އެދެމެވެ.

16 މާރިޗު 2020
ހޯދާ