ދިވެހިރާއްޖެ
ވާރލްޑް ބޭންކުގެ ހިލޭ އެހީ ލިބިގެން ހިންގާ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސަރުކާރުގެ މަސްވެރިކަމުގެ ވަޢުދު [ކަނޑުފަޅުގެ ފައިދާ ނެގުން] މި ސިޔާސަތުގެ ތަންފީޒުކުރުމަށްޓަކައި އެކުލަވާ ލެވުނު މެރިކަލްޗަރ މަޝްރޫޢުތަކަށް ތިރީގައިވާ ތަކެތި ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30-PMU1/30/2020/50 އިއުލާނަށް ތިރީގައިވާ ބަދަލު ގެނެވިފައިވާ ވާހަކަ އެންގީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން
2020 މާރިޗް 22 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (ހ.ވައިޓްވޭވްސް) ވަޑައިގެންދެއްވުން އެދެމެވެ.
މަސައްކަތާ ގުޅޭ އިތުރު ތަފްސީލް:
- މުއްދަތު: މަސައްކަތް ޙަވާލުކުރާ ތާރީޚުން ފެށިގެން 65 ދުވަސް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028718 ، 3322509 އަދި 3028702 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.