ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

 މަޤާމް:               އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:         J-234081

ބޭނުންވާ އަދަދު:           01 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:          ޖީ. އެސް 4 

މަޤާމުގެ ކްލެސިފިކޭޝަން :    އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

 ސެކްޝަން:             އެކެޑެމިކް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:    ރ. ދުވާފަރު ޕްރައިމަރީ ސްކޫލް

މުސާރަ :                -/5020ރުފިޔާ

ސަރވިސް އެލަވަންސް:      -/1500ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް:   -/700ރުފިޔާ

އިތުރު އިނާޔަތްތައް:         1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

                      2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                      3. ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ކޮމްޕިއުޓަރތަކާއި މެޝިނަރީތައް ހަފްތާއަކު އެއްދުވަހު ބަލައި ޗެކްކުރުމާއި، ސްކޫލްގައި ހުރި މިކަމަށްބޭނުންވާ އެންމެހައި އާލަތްތައް ބެލެހެއްޓުން.
 2. ސިސްޓަމްތަކުގައި އެކި އެކި ގޮތްގޮތަށް ރައްކާކުރެވިފައިވާ ބޭނުންނޫން ޑާޓާތައް ޑިލީޓްކުރުން.
 3. ސްކޫލްގެ ކޮމްޕިއުޓަރ ، ސާރވަރ އަދި ނެޓްވާރކް ޓްރަބަލް ޝޫޓިންގ ގައި ދިމާވާ މައްސަލަތައް ޗެކް ކުރެއްވުމަށްފަހު މަރާމާތު ކުރުމަށާއި އަދި މިނޫނަސް ކޮމްޕިއުޓަރަށް ދިމާވާ ހުރިހާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކުރުން.
 4. ޖެމްސް ބޭނުންކުރުމުގައި މުވައްޒަފުން އަހުލުވެރިކުރުވުމަށް މަސައްކަތްކުރުމާއި ޖެމްސްއަށް ލޮގްކުރުމުގައި ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކުރުމާއި ކޮންމެ މުވައްޒަފަކަށް ލޮގެއްހުޅުވައިދިނުން.
 5. ސްކޫލްގައި އެޅިފައިވާ ލޯކަލް ނެޓްވޯކް ދުވަހުން ދުވަހަށް ޗެކްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުން.
 6. މުވައްޒަފުން ސްކޫލްގައި ބޭނުންކުރާ ޕާރސަނަލް ލެޕްޓޮޕުން ވައިލަސްކޮށް ނެޓްވޯކަށް ވަނުމަށް ސެޕްޓް ހެދުމަށް އެދިއްޖެނަމަ ސެޕްޓް ހަދައިދިނުން.
 7. ސްކޫލްގެ އައިޓީ އެންމެހައި ތަކެތީގެ ދަފްތަރެއް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އެކު އައިޓީއާއި ގުޅޭ އެންމެހައި ތަކެއްޗަށް ދިމާވާ މައްސަލަތައް ލޮގްކޮށްގެން ބެލެހެއްޓުން.
 8. ސްކޫލްގެ ސިސްޓަމްތައްބަލާ ރަނގަޅަށް ޗެކްކުރުން އަދި އެންޓި ވައިރަސް އަޕްޑޭޓް ކުރުމާއި އެކު  ސިސްޓަމް ތަކަށް ބޭނުންވާ ސޮފްޓްވެއަރ އަޅައިދިނުން.
 9. ލޯގޯ އަދި މިނޫނަސް ގްރެފިކް ޑިޒައިނިންގެ މަސައްކަތްތައް ސީނިއަރ މެނޭޖްމަންޓާއި ގުޅިގެން ކުރުން.
 10. ދިމާވާ ބޮޑެތި ކަންކަމުގައި ސްކޫލުން އެދިއްޖެހިނދެއްގައި އެހީތެރިކަން ދިނުން.
 11. ފިންގާޕްރިންޓް މެޝިނަށް ދިމާވާ މައްސަލަތަކާއި އެހެނިހެން މަސައްކަތްތައް ކުރުން.
 12. ސައުންޑް ސިސްޓަމާ ގުޅުންހުރި މަސައްކަތްތައްކުރުން. މިގޮތުން ސްކޫލްގައި ބާއްވާ އެކިއެކި ހަފްލާތަކަށް ސައުންޑް ސިސްޓަމުގެ ސެޓިން ހެދުން.

މަޤާމުގެ ޝަރުތުތައް: 

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 • ގުޅޭ ވަޒީފާގެ ދާއިރާ:
 • އިންފޮމޭޝަން ޓެކްނޮލޮޖީ
 • ތައުލީމީ ރޮނގުތައް:
 • ކޮމްޕިއުޓަރ ސައިންސް

 ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ  ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ރ. ދުވާފަރު ޕްރައިމަރީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 24 މާރިޗް 2020 އާއި 28 މާރިޗް 2020 އާއި ދެމެދު، ރ. ދުވާފަރު ޕްރައިމަރީ ސްކޫލު ގައެވެ.

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީދުވާފަރު ޕްރައިމަރީ ސްކޫލްގެ 6582703 ނަންބަރުފޯނާއެވެ.

އީމެއިލްކުރައްވާނީ ( [email protected]  ) އަށެވެ.                 

20 ރަޖަބު 1441

15 މާރިޗް 202

15 މާރިޗު 2020
ހޯދާ