އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކްތަކާއި މައިޒާންތަކަށް ޒިޔާރަތް ކުރުން ހުޓާލުމަށް އެންގުން

އެންގުން

  މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައި ވާ ނަންބަރު: 2020/03 އެންގުމާއި (ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތްކުރުން ހުއްޓާލުމަށް އެންގުން) ގުޅިގެން އައްޑޫސިޓީގެ ޕާކްތައް ބަންދުކޮށް، ޕިކްނިކް ދިއުމާއި އާންމުކޮށް ގުރޫޕްކޮށް އެއްވެއުޅޭ ކުޅިވަރު ކުޅުން (ސްވިމިން ޓްރެކް ސަރަހައްދު / އާއްމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަހައްދުތައް ފަދަ ތަންތަން) ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް އަންގަމެވެ.

 

20 ރަޖަބް 1441

15 މާރިޗު 2020
ހޯދާ