މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑްއިން (އެމް.އައި.ބީ)، ޖުލައި 2019 ގައި އާންމުކޮށް ޙިއްޞާ ވިއްކުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވެ ޕެންޝަން އޮފީސްވަނީ އެމް.އައި.ބީ ގެ މޭޖަރ ޝެއަރހޯލްޑަރ އަކަށްވެފައެވެ. އެހެންކަމުން، އެމް.އައި.ބީގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު ނޮމިނޭޓް ކުރުމުގެ ފުރުޞަތު ޕެންޝަން އޮފީހަށްވަނީ ލިބިފައެވެ. 

ވީމާ، އެމް.އައި.ބީގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. 

 

މަޤާމުގެ މަޢުލޫމާތު

މަޤާމު:މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑްގެ ބޯޑު ޑިރެކްޓަރ 

ޢަދަދު: 1 (އެކެއް) 

މަޤާމުގެ މުއްދަތު: 3 (ތިނެއް) އަހަރު 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތައް:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާން ކޮށްފައިވާ  ތަޢުލީމީ ފެންވަރާއި، މަސްއޫލިއްޔަތުތަކާއި އަދި އެހެނިހެން ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ. އަދި  ޓީ.އޯ.އާރު ގެ އިތުރުން ޕެންޝަން އޮފީހުގެ "ނޮމިނީ ޑިރެކްޓަރ ޕޮލިސީ" ގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ވެސް ފުރިހަމަ ވާންޖެހޭނެއެވެ. ޓީ.އޯ.އާރު އާއި "ނޮމިނީ ޑިރެކްޓަަރ ޕޮލިސީ" މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ "ޖޮބް އެޕްލިކޭޝަން ފޯމް"

  • ފުރިހަމަ ކޮށްފައިވާ "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް" 

  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ) ކޮޕީ

  • ފުރިހަމަ ކޮށްފައިވާ "ކުށުގެ ރިކޯޑް ފޯމް"

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އެއާގުޅޭ އިތުރު ސަޕޯޓިންގ ލިޔެކިޔުންތައް

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތް:

  • މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ކަމުގައި ވުމުން، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު) ފޮނުވާނީ [email protected] އީ-މެއިލް އެޑްރެހަށެވެ. 

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެންވެއެވެ.

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 ސުންގަޑި:

މި މަޤާމަށް ކުރިމަތިލައްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ނޮމިނީ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ޖޮބް އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު،  25 މާޗް 2020 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން،  ތިރީގައި ބަޔާން ކޮށްފައިވާ ޕެންޝަން އޮފީހުގެ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. 

މި މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް، ނޮމިނީ ޑިރެކްޓަރޝިޕް ޕޮލިސީ، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު، ކުށުގެ ރިކޯޑްފޯމް އަދި "ފިޓް އެންޑް ޕްރޮޕަރޑެކްލަރޭޝަން ފޯމް" މި އޮފީހުގެ ވެބްސައިޓް:www.pension.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.

 

15 މާރިޗު 2020
ހޯދާ