ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ގާރޑް (ޝިފްޓް ޑިއުޓީ)

އިޢުލާން

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު

(ސެކިއުރިޓީ ގާރޑް (ޝިފްޓް ޑިއުޓީ

މަޤާމުގެ ނަންބަރު:

HCS027

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (31 ޑިސެމްބަރ 2020 ގެ ނިޔަލަށް)

މަޤާމުގެ ރޭންކް:

އެސް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާ / ހއ. ހޯރަފުށި

 އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝޯލް ސަރވިސް ޔުނިޓް

މުސާރާއި އެލަވަންސް:

އަސާސީ މުސާރަ: -/3,500 (ތިންހާސް ފަސްސަތޭކަ) ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް: -/1,245 (އެއްހާސް ދުއިސައްތަ ސާޅީސްފަސް) ރުފިޔާ (މަހަކު)

މުސަރާއި އެލަވަންސް އިން އުނިކުރެވޭ ގޮތް:

 މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 158.17 (އެއްސަތޭކަ ފަންސާސްއަށް ރުފިޔާ / ސަތާރަ ލާރި) އުނިކުރެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދަންފަޅި އުޞޫލުން ދުވާލަކު 6 ގަޑިއިރު

ދަންފަޅި 1: 18:00 އިން 00:00 އަށް

ދަންފަޅި 2: 00:00 އިން 06:00 އަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ކޮންމެ ދުވަހެއްގެ ދަންފަޅި އުޞޫލުން 18:00 ން ފެށިގެން އެ ދުވަހުގެ ދަންވަރު 00:00 އަށް، އަދި ދަންވަރު 00:00 ން އެ ދުވަހުގެ ހެނދުނު 06:00 އަށް ކޮންމެވެސް އެއް ދަންފަޅިއެއްގައި ހޯރަފުށީ ކައުންސިލް އިދާރާގެ ހިންގަމުން އަންނަ ޢިމާރާތު ވަށައިގެންވާ ސަރަޙައްދުގެ އިތުރުން ހޯރަފުށީ ކައުންސިލް އިދާރާ ކުރިން ހިންގި ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން.
 2. ކޮންމެ ދުވަހަކުވެސް 18:00 ގައި އަދި ކޮންމެ ރެއަކު 00:00 ގައި، އެދުވަހުގެ ދަންފަޅީގެ ޑިއުޓީއަށް ޙާޟިރުވެ ކައުންސިލްގެ އިދާރާ ހިންގަމުން އަންނަ ޢިމާރާތާއި ހޯރަފުށީ ކައުންސިލް އިދާރާ ކުރިން ހިންގި ޢިމާރާތުގެ ހުރިހާ ދޮރުތަކެއް ރަނގަޅަށް ތަޅުލެވިފައިވޭތޯ ޗެކްކުރަންވާނެއެވެ. އަދި ތަޅު ނުލެވި އެއްވެސް ދޮރެއްހުރިނަމަ، ކައުންސިލްގެ އިދާރާގެ އިސްވެރިޔަކަށް ލަސްނުކޮށް އެކަން އަންގާ އެކަން ހައްލުކުރުން.
 3. ސެކިއުރިޓީ ބަލަހައްޓާ ވަގުތުގައި ޑިއުޓީގައި ހުންނަ ފަރާތުން ޙަރަކާތްތެރިވާންޖެހޭނީ ހޯރަފުށީ ކައުންސިލް އިދާރާގެ ހިންގަމުން އަންނަ ޢިމާރާތު ވަށައިގެންވާ ސަރަޙައްދުގެ އިތުރުން ހޯރަފުށީ ކައުންސިލް އިދާރާ ކުރިން ހިންގި ޢިމާރާތުގެ ސެކިއުރިޓީ ކެމެރާތަކަށް (އަބަދުވެސް ކޮންމެވެސް އެއް ކެމެރާއަކަށް) އަރާގޮތަށް ސެކިއުރިޓީ ބަލަހައްޓަމުން ދިއުން.
 4. ޟަރޫރީ ބޭނުމަކު ދިޔުން ފިޔަވައި އެއްވެސް ވަގުތެއްގައި ކެމެރާއަށް ޑިއުޓީގައި ހުންނަ މުވައްޒަފު ނުގެއްލުމާއި ޟަރޫރީ ބޭނުމުގައި ހޭދަކުރާ ވަގުތު 15 މިނެޓަށް ވުރެ އިތުރުވެގެންވެސް ނުވުމާއި، އަދި ޟަރޫރީ ބޭނުމުގައި ލިބޭ ވަގުތުކޮޅު ނަގަންޖެހިއްޖެ ހިނދެއްގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ނުނެގުން.
 5. ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ހޯރަފުށީ ކައުންސިލްގެ އިދާރާ  ހިންގަމުން އަންނަ ޢިމާރާތާއި ހޯރަފުށީ ކައުންސިލް އިދާރާ ކުރިން ހިންގި ޢިމާރާތުގެ ގޯތިތެރެއަށާއި ގޯތިތެރޭގައި ހުރި ބަގީޗާ ގަސްތަކަށާއި، އަދި މި ދެ ޢިމާރާތުގެ ކުރިމައްޗާއި މަގުގެ ½ ބަޔަށް ވާރޭ ނުވެހޭ ދުވަސްވަރު ކޮންމެ ދުވަހެއްގެ ހެނދުނު ފެން ޖެހުން.
 6. ޑިއުޓީ އަދާކުރާ ވަގުތުގައި ކައުންސިލްގެ އިދާރާއިން އަންގާ އެހިނިހެން ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން

ނޯޓް:

*ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 7 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން ނުވަތަ އެމީހަކު ކިޔެވި ތަނަކުން/މަކްތަބަކުން ދޫކޮށްފައިވާ ލިޔުން ބަލައިގެންނެވެ.

އެހެނިހެން ޝަރުތުތައް:

 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
 • ފުލްޓައިމް ވަޒީފާއަދާ ކުރާ ފަރާތެއްކަމުގައި ނުވުން.
 • ފުލްޓައިމް ދަރިވަރަކަށް ނުވުން.
 • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭ ފަދަ ފަރާތެއްކަމުގައިވުން.
 • އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
 • މިލާދީގޮތުން އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދު ވެފައިވާ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
 6. ޕޮލިސް ރިޕޯޓް (ދޫކުރިތާ 03 މަސް ހަމަނުވާ) – ޕޮލިސް ރިޕޯޓް ހަމައެކަނި ހުށަހަޅަންޖެހޭނީ ވަޒީފާއަށް ހޮވޭ ފަރާތުން ވަޒީފާއަށް އައްޔަނުކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަހު ތެރޭގައެވެ.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

15

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

35

35

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

50

50

ޖުމްލަ

185

100

100

ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %30 (ތިރީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 މާރިޗް 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 މާރިޗް 24އާއި
2020 މާރިޗް 29 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޟީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500012 ނުވަތަ 6500030 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                          18 ރަޖަބް 1441 

13 މާރިޗު 2020
ހޯދާ